ދިރާގު ކަސްޓަމަރުންނަށް "ލިމިޓްލެސް" ޑޭޓާ އެލަވަންސް ލިބޭ މުޅިން އާ އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑް ބޫސްޓާއެއް ދިރާގުން މިއަދު ތައާރަފްކޮށްފިއެވެ.
ދިރާގުން މިއަދު ބުނީ އެ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް 100 ރުފިޔާއަށް އެ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި ދިރާގުގެ ކޮންމެ ފައިބާ ބްރޯޑްބޭންޑް ޕެކޭޖެއްގެ ކަސްޓަމަރުންނަށް ވެސް އެ ބޫސްޓާ އެކްޓިވޭޓް ކުރެވޭނެ ކަމަށް ބުންޏެވެ.
އެ ޕްރޮމޯޝަންއާ ބެހޭ އިތުރު މައުލޫމާތު https://bit.ly/459NMK9 ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންގެ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް އާ ލިމިޓަޑް ޓައިމް އޮފާއެއްވެސް ތައާރަފުކޮށްފައެވެ.
އެ އެޑްއޮންއާ އެކު ކަސްޓަމަރުންނަށް 601 ރުފިޔާއަށް 30 ދުވަހަށް 125ޖީބީ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި