ޖޯޑަންގައި ތިބި ސީރިއާގެ ރެފިއުޖީންނަށް އެހީވުމަށް ޖަޕާނުން 2.5 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފިއެވެ.

ޖަޕާން ސަރުކާރުން ވަނީ އދ.ގެ ހައިކޮމިޝަނާ ފޯ ރެފިއުޖީސް ޕްރޮޓެކްޝަން މެދުވެރިކޮށް ޖޯޑަންގައި ތިބި ސީރިއާ ރެފިއުޖީންނަށް އެ އެހީ ދިނުމަށް ނިންމައިފައެވެ.

ޖަޕާނުން ދޭ އެހީ ބޭނުންކުރަން ހަމަޖެހިފައިވަނީ ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލުމުގެ ސަބަބުން އަސަރުކޮށްފައިވާ ރެފިއުޖީންނަށް އަސާސީ ކަންކަން ހަމަޖެއްސުމަށެވެ.

އެ ޕްރޮޖެކްޓްގެ ދަށުން ޖަޕާންގެ އެހީގައި ޖޯޑަންގެ އާންމުންނާއި ރެފިއުޖީންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށްވެސް ނިންމާފައިވެއެވެ.