ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެހެން ސަރުކާރުތަކާއި ހިލާފަށް ފަނޑިޔާރިގެތަކަށް އަތް ބާނައި ނުހަދާނެ ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަދި މިހާރު ޖުމްހޫރީ ޕާޓީގެ ލީގަލް އެޑްވައިޒަރު، އުސްތާޒު އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އުސްތާޒު ހައިލަމް މިހެންވިދާޅުވީ އެ ޕާޓީން ރޭ ކުނޫޒްގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ހައިމް ވިދާލުވީ ގާސިމު އިބްރާހިމްގެ ވެރިކަމެއްގައި ކުށްކުރާ މީހުން މަދުކުރުމަށް މިނިވަން ޖުޑިޝަރީއެއް ގާއިމުކުރެވޭނެ ކަމުގައެވެ. އެ ޖުޑިޝަރީއަކީ ސަރުކާރުގެ ނުފޫޒުން މިނިވަންފެފައިވާ ކޯޓުތަކެއް ހުރި ތަނެއްގެ ގޮތުގައި ބޭއްވޭނެ ކަމުގައި ހައިލަމްގެ ވިދާޅުވިއެވެ.

އެއްވެސް އިރެއްގައި ގާސިމް އިބްރާހިމްގެ ވިސްނުންފުޅުގައި ނުވަތަ އެ މަނިކުފާނު އިސްވެ ހުންނަވާ ޕާޓީއެއްގެ ވިސްނުމުގައި ރާއްޖޭގެ ފަނޑިޔާރުގެތައް ސަރުކާރުގެ މުށުތެރެއަށް ލުމުގެ ވިުސްނުންފުޅު ނެތްކަމުގައި ހައިލަމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ދިރިއުޅުމުގެ އާންމު ހާލަތު ބަދަލުކުރެވޭނީ ގާސިމަށް ކަމަށާއި އިދިކޮޅުން ސަމާލުކަން ދެނީ އެބައެއްގެ އަމިއްލަ ޕާޓީގެ ކަންތައްތަކަށް ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ހައިލަމްގެ ވާހަކާއިގައި، ޖޭޕީގެ ވެރިކަމެއްގައި މަސްވެރިންނަށް ހައްގު ފައިސާ ލިބޭނެ މަގު ފަހިވާނެ ކަމުގައާއި އިންތިހާބަށް މަހަކަށް ހަމަވުމާ އެކު ކުންފުނިތަކާއި ނުބައްދަލު ވަޒީފާތައް އުފައްދައި ބޭކާރު ގޮތުގައި ކޮންޓްރެކްޓު އުސޫލުން ވަޒީފާތައް އުފައްދަމުންގެންދާ ކަމުގައިވެސް ފާހަގަ ކުރެއްވިއެވެ. މަސްތުވާތަކެއްޗަށް ދޮރުތައް ހުޅުވައިލެވިފައިވަނީ ބަލައިނުގަނެވޭނެ މިންވަރަކަށް ކަމަށް ހައިލަމްގެ ވިދާޅުވި އެވެ.