ކުރީގެ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރަން ހުކުމް ކޮށްފައިވާ ހ. ލޮބީ/ ހުސައިން ހުމާމް އަހުމަދު، އޭނާއަށް ކޮށްފައިވާ މަރުގެ ހުކުމް ރިވިއު ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަށް އެ ކޯޓުން ނިންމައިފިއެވެ.
ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަވަހާރަ ކޮށްލީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެއަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގައެވެ.
އެ މައްސަލައިގައި ހުމާމް މެރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހުއެވެ.
އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރީ 2015 ސެޕްޓެމްބަރު ހަތްވަަނަ ދުވަހުއެވެ. ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދެމެހެއްޓީ 2016 ޖޫން 24 ގައެވެ.
މި މައްސަލަ ހުމާމްގެ ފަރާތުން ރިވިއު ކުރުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހެޅީ، މިއަހަރުގެ އޭޕްރީލް މަހުގެ 24 ގައެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު