ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން އަމިއްލަ ގައުމުގައި މެޗުތައް ކުޅުމުގެ ހުއްދަ ނުލިބޭތީ، ޔޫކްރޭންގެ ޝަޚްތާރް ޑޮނެސްކުން ޔޫއެފާ ޗެމްޕިއަންސް ލީގު ހޯމް މެޗުތައް ޖަރުމަނުގައި ކުޅުމަށް އެއްބަސްވެއްޖެއެވެ.
އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޝަޚްތާރުގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖަރުމަން ހެމްބާގާ އެސްވީގެ ދަނޑު، "ވޮލްކްސްޕާކްސްޓޭޑިއޯން" ގައެވެ. އެ ސްޓޭޑިއަމްގައި އެންމެ ފަހުން ޗެމްޕިއަންސް ލީގު މެޗެއް ކުޅެފައިވަނީ 2006 ވަނަ އަހަރުއެވެ.
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައާ ގުޅިގެން ޝަޚްތާރަށް ވަނީ އަމިއްލަ ދަނޑުގައި މެޗުތައް ކުޅެވޭ ގޮތް ނުވެފައެވެ. ނަމަވެސް މިހާރު ޝަޚްތާރުން ވަނީ ޖަރުމަނުގައި އެ ކްލަބުގެ ހޯމް މެޗުތައް ކުޅުމަށް އެއްބަސްވުމަކަށް އައިސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމައާ ގުޅިގެން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވެސް ޝަޚްތާރަށް ހޯމް މެޗުތައް ކުޅެން ޖެހިފައިވަނީ ޕޮލެންޑްގެ ވާސޯގައެވެ. ހަނގުރާމައިގެ ސަބަބުން ޔޫކްރޭން ޑޮމެސްޓިކް ލީގު ވެސް ކުރިއަށްގެންދަން ޖެހެނީ އެކި ދަނޑުތަކުގައެވެ. ޔޫކްރޭން ލީގުގައި ވެސް ޝަޚްތާރުން މިހާރު މެޗުތައް ކުޅެން ޖެހެނީ ކިޔެވްގެ އެންއެސްސީ އޮލިމްޕީސްކީގައެވެ.
މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕު ސްޓޭޖުގައި ޝަޚްތާރު ނުކުންނަން ޖެހޭ ޓީމުތައް ކަށަވަރުވާނީ މި ފެށޭ މަހުގެ 31 ވަނަ ދުވަހު ނަގާ ގުރުއަތަށްފަހުއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު