37 އަހަރު ކުރިން ގެއްލުނު ޖަރުމަނު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އުމުރުން 38 އަހަރުގައި އެމީހާ ގެއްލިފައިވަނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ސްވިސް މެޓާހޯން ފަރުބަދައަށް އަރަނިކޮށް ކަމަށް ޖަރުމަނު ފުލުހުން ވަނީ ބުނެފައެވެ.

ގެއްލުނު މީހާ ފެނިފައިވަނީ އެ ފަރުބަދައިގައި ހުރި އައިސްތައް ދާދި ފަހުން ދިޔާ ވާން ފެށުމާއެކު ޖަރުމަނު ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންނަށް މިމަހުގެ 12 ވަނަ ދުވަހު އެމީހާގެ ހަށިގަނޑު ފެނުމާއެކު ވަނީ ޑީއެންއޭ ސާމްޕަލް ނަގައި ތަހުލީލުކޮށްފައެވެ. ޑީއެންއޭ ޓެސްޓުން ވަނީ އެއީ 37 އަހަރު ކުރިން ގެއްލިގެން ހޯދަމުންދިޔަ މީހާ ކަން އެނގިފައެވެ.

އެމީހާ މަރުވާން ދިމާވި ސަބަބު ހާމަކޮށްފައި ނުވި ނަމަވެސް ފުލުހުން ވަނީ އޭނާ ފެނުނު ސަރަހައްދުގެ ފޮޓޯ ހިއްސާކޮށްފައެވެ. އެ ފޮޓޯއިން އެމީހާގެ ބޫޓާއި ފަރުބަދައަށް އެރުމަށް ބޭނުންކުރި އެހެން އާލާތްތައް ފެނެއެވެ.

ފުލުހުން ވަނީ ފަރުބަދައިން އައިސް ދިޔާވާން ފެށުމާއެކު ގެއްލިފައިވާ އެހެން މީހުންގެ ހަށިތައްވެސް ފެނުމުގެ ފުރުސަތު އޮތްކަމަށް ބުނެފައެވެ.