ތޫފާން ޑޮކްސުރި، ޗައިނާއަށް އަރައި އެގައުމުގެ ބެއިޖިންއަށް ރެޑް އެލާޓް ނެރެފިއެވެ.
ފިލިޕީންސް އާއި ޓައިވާނަށް އެރި ބާރުގަދަ ތޫފާން ޑޮކްސުރި ޗައިނާއަށް އަރާފައިވާ އިރު، އެގައުމުގެ ވެރިރަށް ބެއިޖިންއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ބެލޭވޭތީ ވަނީ އޮރެންޖު އެލާޓް ނެރެފައެވެ.
ބެއިޖިންގެ ހީބެއި އާއި ޝަންޑޮންގް ޕްރޮވިންސަށް ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ ޒިންހުއާއިން ވަނީ ބުނެފައެވެ.
ބެއިޖިންގެ މީޓިއޮރޮލޮޖިކަލް ބިއުރޯއިން ބުނެފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ.
މޫސުމާބެހޭ އިދާރާއިން ވަނީ ބެއިޖިންއަށް ގުގުރައި ވާރޭވެހި ފެންބޮޑުވާނެ ކަމަށް ބެލެވޭތީ އޮރެންޖު އެލާޓް ނެރެފައެވެ. ނަމަވެސް މޫސުން އިތުރަށް ގޯސްވާނެކަމަށް ބެލެވޭތީ އެލާޓް ލެވެލް ވަނީ ރަތަށް ބަދަލުކޮށްފައެވެ.
ތޫފާން ޑޮކްސުރީގެ ސަބަބުން ޗައިނާގެ ގިނަ ސިޓީތަކުގެ، ހާއްސަކޮށް ބިންތިރި ސިޓީތަކުގެ ވިޔަފާރިތަކާއި ފެކްްޓަރީތަކުގެ އިތުރުން ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ. މިހާތަނަށް 400،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ޗައިނާގެ މީޑިއާއިން މައުލޫމާތުދީފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ