އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް، މޫލީ މިނިވަން ސޭލް ފަށައިފިއެވެ.

އުރީދޫން މިއަދު ބުނީ މިނިވަން ސޭލުގައި ދިވެހި ބްރޭންޑުގެ އުފެއްދުންތަކުން ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އެގޮތުން 10 ޕަސެންޓާ ހަމައަށް ދިވެހި ބްރޭންޑުތަކުގެ އުފެއްދުންތަކުން ޑިސްކައުންޓް ލިބޭނެކަމަށް ބުންޏެވެ.

މިނިވަން ސޭލް ކުރިއަށް ދާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށްކަމަށް އުރީދޫން ބުންޏެވެ.

  • ތަކެތި އަކީ ހުރިހާ އުމުރެއްގެ ކުދީންނަށް ހާއްސަކޮށްގެން އިންޓަރެކްޓިވް ތައުލީމީ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. ކުޑަކުދިންގެ ފޮތްތަކުން ފެށިގެން ތައުލީމީ ގޭމުތަކާއެކު ކުޑަކުދީންގެ ވިސްނުން އިތުރަށް މުއްސަނދިކޮށްދޭ ޕްރޮޑަކްޓްތައް ތަކެތިން ވަނީ މާކެޓަށް ނެރެފައި.
  • އެ ބްރޭންޑުގެ އުފެއްދުންތައް ކަމަށްވާ ތާނަ ކޯޑި، އަލިފް ބާ ޕޯސްޓަރު، އަހަރެންނަކީ ފެހުރިސޭ ފަދަ އުފެއްދުންތައް މިހާރު މިނިވަން ސޭލް މެދުވެރިކޮށް ލިބޭނެ
  • މާހީ މާހީ ބުކްސް އަކީ ކުޑަކުދީންނަށް ހާއްސަކޮށްގެން ދިވެހި ތައުލީމީ ފޮތްތަކުގެ ހަޒާނާއެއް ގެނެސްދޭ ވިޔަފާރިއެއް. އެ ވިޔަފާރީގެ އުފެއްދުންތަކުގެ ތެރޭގައި ރާޅެއް ލިބެއިތޯ، ހުރިހާ އެއްޗެއް ހެއްދެވީ الله، ފަދަ މަގުބޫލު ފޮތްތައް ލިބެން ހުންނާނެ
  • ޕެޕަރ ޑޮޓްސް އަކީ ކަނޑުއަޑީގެ ދިރުންތަކުން އިންސްޕަޔާވެގެން، އަތުގައި އަޅާ ކެވެލި، ކީ ޓެގް، ސޮފްޓް ޓޯއީސް، ޕަޒްލް އަދި ފާރުގައި އަޅުވައި ތެކެތި ފަދަ ހިތްގައިމު ކަލެކްޝަނެއް ނެރެފައިވާ ވިޔަފާރިއެއް. އެ ވިޔަފާރީގެ ކޮންމެ ޕްރޮޑަކްޓަކީ ވެސް ތަފާތު އަދި ދިވެހި ވަންތަކަން ދައްކުވައިދާ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް
  • ފެންވަރު ރަނގަޅު އަދި ހެޔޮ އަގުގައި ކާށި ތެޔޮ ފޯރުކޮށްދޭ މަޝްހޫރު ދިވެހި ވިޔަފާރި ކަމަށްވާ ކައިޝީ ގެ ކާށި ތެލަކީ ދުޅަހެޔޮ އިސްތަށިގަނޑާއި ހަމުގެ ރީތިކަން ދެމެހެއްޓުމަށް މަގުބޫލުކަން ހޯދާފައިވާ ތެލެއް
  • ވެހި ރަހަތައް އުފައްދާ މަޝްހޫރު ކުންފުނި ލުއިކާނާއިން ކުދި ގުޅަ، ކުޅި ކަޖާ، އަތުޖެހި، މުރު މުރު، ފޮނި މާ، ބޮނޑި ފަދަ އުފެއްދުންތައް ލިބޭނެ

އެ ބްރޭންޑުގެ އުފެއްދުންތައް https://mool.ee/minivansale މެދުވެރިކޮށް ގަނެވެން ހުންނާނެކަމަށް އުރީދޫން ބުންޏެވެ. ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީ ކޮށްދޭނެކަމަށް އުރީދޫން ބުންޏެވެ.