ޖަޕާނުގެ ފުކުއޯކާގައި މިހާރު ކުރިއަށްދާ 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް، ފުކުއޯކާ 2023ގައި ރާއްޖޭގެ ގައުމީ ފެތުންތެރީންގެ ތެރޭގައި ހިމެނޭ، ހަމްނާ އަހުމަދުއާއި އިމްއާން އަލީގެ އިތުރުން މިރާލް އައިން ލަތީފް އަދި މުހައްމަދު ރިހާން ޝިހާމް ގައުމީ ރެކޯޑްތައް މުގުރާލައިފިއެވެ.
އިއްޔެ ހަމްނާ ރެކޯޑު ހެދީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައެވެ. ހަމްނާ ރެކޯޑު ހެދީ އެއް މިނެޓް، 18.17 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އެ ރެކޯޑަކީ 2022 ވަނަ އަހަރު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި އައިޝަތު ސައުސަން ހަދާފައި އޮތް ގައުމީ ރެކޯޑެކެވެ. އެފަހަރު ސައުސަން 100 މީޓަރު ބެކްސްޓްރޯކް އިވެންޓު ނިންމާފައިވަނީ އެއް މިނެޓް، 18.58 ސިކުންތުންނެވެ.
އިމްއާން ލޯންގް ކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގެ ގައުމީ ރެކޯޑު ހެދީ އެއް މިނެޓް، 04.98 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއީ ކުރިން އާން ހުސައިން އަތުގައި އޮތް ރެކޯޑެކެވެ. އާން 2022 ވަނަ އަހަރު ބޭއްވި 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރެކޯޑު ހަދާފައި އޮތީ އެއް މިނެޓް، 05.77 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ރިހާންއާއި މިރާލް އިއްޔެ އާކުރީ އަމިއްލަ ރެކޯޑުތަކެވެ. ރިހާން 2022 ވަނަ އަހަރު އޭނާ ހަދާފައިވާ 200 މީޓަރު ބަޓަފްލައި އިވެންޓްގެ ރެކޯޑޫ އާކުރީ ޖަޕާނުގައި އިއްޔެ ދެ މިނެޓް، 32.93 ސިކުންތުން ރޭސް ނިންމައިގެންނެވެ. ކުރިން ރިހާން އަތުގައި އެ ރެކޯޑު އޮތީ ދެ މިނެޓް، 34.06 އިވެންޓުން ރޭސް ނިންމައިގެންނެވެ. މިރާލް ރެކޯޑު އާކުރީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބަޓަފްލައި އިވެންޓްގައެވެ. މިރާލް އިއްޔެ ތިން މިނެޓް، 5.69 ސިކުންތުން ރޭސް ނިންމާފައި ވާ އިރު، އޭގެ ކުރިން މިއަހަރު ތައިލެންޑްގައި ބޭއްވި އިވެންޓްގައި މިރާލް ރޭސް ނިންމާފައި އޮތީ ތިން މިނެޓް، 6.78 ސިކުންތުންނެވެ.
ސްވިމިން
ސްވިމިން
ސްވިމިން
ސްވިމިން