އެމެރިކާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެެވެ.
އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހަށްފަހު އަނެއްކާވެސް އެ ގައުމުން ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް ވަނީ އިތުރުވާން ފަށައިފައެވެ.
އެގޮތުން މި މަހުގެ ދެވަނަ ހަފުތާގައި އެމެރިކާގެ އެކި ސަރަހައްދުތަކުން 7،109 މީހަކަށް ކޮވިޑް ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން ފަރުވާދީފައިވާ އިރު، މި މަހުގެ ފުރަތަމަ ހަފުތާގައި 6444 މީހަކަށް ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްފައިވެއެވެ.
މިދިޔަ ފިނި މޫސުމުގައި އެމެރިކާގައި ފެތުރެން ފެށި ކޮވިޑްގެ ވޭރިއަންޓަށްފަހު އެ ގައުމުގައި ބަލި ފެތުރުން އަވަސް ވެފައިވާ ކަމަށްވެސް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ.
އެ ސެންޓަރުން ވަނީ ބަލިޖެހޭ ނިސްބަތް އިތުރުވެފައިވީ ނަމަވެސް މިއީ އާ ވޭރިއަންޓެއް ފެނިގެންވާ އިތުރުވުމެއް ނޫން ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ