ދުނިޔެ

އެމެރިކާގެ ނޭވީގެ އިސްވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނެއް ނޮމިނޭޓްކޮށްފި

މުހައްމަދު އައުޒަމް

އެމެރިކާގެ ނޭވީގެ އިސްވެރިޔަކަށް ފުރަތަމަ ފަހަރަށް އަންހެނެއް ނޮމިނޭޓް ކޮށްފިއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެ ގައުމުގެ ނޭވީގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ލީސާ ފްރަންޗެޓީގެ ނަން އެ ގައުމުގެ ސެނެޓަށް ފޮނުވައިފައެވެ. ނޭވީގެ އެންމެ އިސް މަގާމަކީ ޕެންޓަގަންގެ މިލިޓަރީ ސާވިސްގެ ދަށުން މަސައްކަތް ކުރާ ބްރާންޗެކެވެ.

އުމުރުން 38 އަހަރުގެ ލީސާގެ ނަން ސެނެޓަށް ފޮނުއްވަމުން ރައީސް ޖޯ ބައިޑަން ވަނީ ލީސާގެ ތަޖުރިބާއާއި ހިންގުންތެރިކަމުގެ ސަބަބުން އެމެރިކާގެ ތާރީހުގެ ތެރެއަށް އޭނާ ދާނެ ކަމަށް ވިދާޅުވެފައެވެ.

ދެކުނު ކޮރެއާގައި ގާއިމުވެތިމޭ އެމެރިކާގެ ނޭވަލް ފޯސްގެ ހަވަނަ ފްލީޓްގެ އެންމެ އިސް މީހާގެ މަގާމުވެސް ފުރުއްވާފައިވާ ލީސާ ވަނީ އެ ފްލީޓްގެ އެއާކްރާފްޓް ކެރިއާ 'ސްޓްރައިކް'ގެ ކޮމާންޑަރުކަންވެސް ކުރައްވައިފައެވެ.