އިންޑިއާއާއި ސްރީ ލަންކާ ލިންކް ރޯޑަކުން ގުޅާލަން ނިންމައިފިއެވެ.
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި ދެ ގައުމު ދެމެދުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާމެދު މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ދެ ގައުމު ގުޅުވާލަން 25 ކިލޯމީޓަރުގެ ލިންކު ރޯޑެއް ހަދަން ނިންމާފައިވާ އިރު، އެ ޕްރޮޖެކްޓްގު ދަށުން ކަނޑުއަޑީ ކޭބަލެއް މެދުވެރިކޮށް އިންޑިއާއިން ލަންކާއަށް ކަރަންޓުގެ ހިދުމަތް ދިނުމަށްވެސް ނިންމާފައިވެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމަށް ހާއްސަ ހޮޅިއެއް އެޅުމަށްވެސް ވަނީ ނިންމައިފައެވެ.
ހަތަރު ބިލިއަން އެމެރިކާ ޑޮލަރުގެ އެ ޕްރޮޖެކްޓްގެ ސަބަބުން އިންޑިއާއިން ލަންކާއަށް ހެޔޮ އަގުގައި ކަރަންޓުގެ އިތުރުން ތެޔޮ ލިބިގެންދާނެ ކަމަށް ރައީސް ރަނިލް ވަނީ ވިދާޅުވެފައެވެ.
އިންޑިއާއިން ވަނީ ލަންކާގެ އިގުތިސާދަށް ކުރިމަތިވި އަޑިގަނޑުން ސަލާމަތްވުމަށް މިދިޔަ އަހަރު އެކަނިވެސް ހަތަރު ބިލިއަން ޑޮލަރުގެ އެހީ ދީފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ