އިލޮން މަސްކުގެ ސްޓާލިންކް އިންޓަނެޓް ދޫކުރުމުގެ ހުއްދަ މެލޭޝިއާއިން ދީފިއެވެ.

އިލޮން މަސްކު ފައްޓާފައިވާ ސެޓަލައިޓް ކޮމިއުނިކޭޝަން ހިދުމަތުގެ ސަބަބުން ހަލުވި އިންޓަނެޓުގެ ހިދުމަތް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހާއްސަކޮށް ވަކި ގައުމުތަކުގައި ވަކިވަކިން ދުރު ދުރުގައި ހުންނަ ސަރަހައްދުތަކަށް މި ހިދުމަތް ދިނުމަށް ސްޓާލިންކުން ވަނީ ނިންމައިފައެވެ.

މެލޭޝިއާގައި ސްޓާލިންކުގެ އިންޓަނެޓް ހިދުމަތް ދިނުމަށް ހުއްދަ ދިނުމާއެކު އެގައުމުގައި އިންޓަނެޓް ހިދުމަތުން މަހުރޫމު ވެފައިވާ ބޮޑު އާބާދީއަކަށް އެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ގައުމުގެ ކޮމިއުނިކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މެލޭޝިއާގެ އާބާދީގެ ބޮޑު ބަޔަކަށް އިންޓަނެޓް ލިބުމުގައި ދަތިތަކެއް ހުރިކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެ ފަރާތްތަކަށް ސްޓާލިންކުގެ ސަބަބުން އިންޓަނެޓް ލިބުމުގެ މައްސަލަ ހައްލުވާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހިމް މީގެ ކުރިން ވަނީ އެލަން މަސްކާއެކު ފޯނު މެދުވެރިކޮށް ބައްދަލުވެސް ކުރައްވައިފައެވެ.

މެލޭޝިއާއިން ވަނީ އެގައުމުގައި އެލަން މަސްކުގެ ބްރޭންޑުތަކުން އިންވެސްޓު ކުރެވޭނެ މަގުތައް ފަހިކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކޮށްފައެވެ. އެގޮތުން ޓެސްލާގެ ބްރާންޗެއް މެލޭޝިއާގައި ހުޅުވުމަށް މަސްކު ވަނީ ނިންމައިފައެވެ.