ތޫފާނެއްގެ އިންޒާރާއެކު ހަވާއީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ޕެސިފިކް ކަނޑުގައި އޮންނަ ހަވާއީއަށް އަރާނެކަމަށް އިންޒާރު ދީފައިވަނީ ކެލްވިން ނަމަކަށް ކިޔާ ތޫފާނެކެވެ. އެގައުމުގެ ނެޝަނަލް ހަރިކޭން ސެންޓަރުން ވަނީ ތޫފާނުގެ ސަބަބުން ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި 170 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް ވެސް ބުނެފައިވެއެވެ.

ގަދަ ވައިގެ އިތުރުން ބޯ ވިއްސާރައާއި ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައިފާނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ގިނަ އަދަދަކަށް ވާރޭ ވެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ހަވާއީގެ ގަވަރުނަރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވައި ހުރިހާ އޮފީސްތައް ބަންދުކުރުމަށް އަންގާފައެވެ.