އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހއ އަތޮޅަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް މިއަދު ފުރަތަމަ ވަޑައިގަންނަވާނީ ހއ. ހޯރަފުއްޓަށެވެ.
- ހއ. ހޯރަފުށި
- ހއ. ތުރާކުނު (ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވުން)
- ހއ. އުލިގަން (ފެނާއި ނަރުދަމާގެ ހިދުމަތް އިފްތިތާހުކޮށްދެއްވުން، އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވުން)
- ހއ. މޮޅަދޫ ( ބަނދަރު ހުޅުވައިދެއްވުން، އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވުން)
- ހއ. އިހަވަންދޫ ( ބަނދަރު ހުޅުވައިދެއްވުން، ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވުން، ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވުން، ކޮމިޔުޓީ ސެންޓަރު ހުޅުވައިދެއްވުން، މަލްޓިޕާޕަސް ހޯލު ހުޅުވައިދެއްވުން)
- ހއ. މާރަންދޫ (ފެނަކަ އޮފީސް އިމާރާތް ހުޅުވައިދެއްވުން)
- ހއ. ތަކަންދޫ (ވޮލީ ބޯޅަ ކޯޓު ހުޅުވައިދެއްވުން)
- ހއ. ކެލާ
- ހއ. ވަށަފަރު ( ހެލްތު ސެންޓަރު އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވުން)
- ހއ. ދިއްދޫ (ދިއްދޫ ފުޅުބޯޅަ ދަނޑު ހުޅުވައިދެއްވުން).
ރައީސްގެ މި ދަތުރުފުޅުގައި ކޯލިޝަން ޕާޓްނަރުން ކަމަށްވާ އެމްޑީއޭ އަދި އަދާލަތުގެ އިސް ބޭފުޅުންނާއި ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.
ދެ ދުވަހަށް ރައީސް ހއ. ކުރައްވާ މި ދަތުރުފުޅުގައި ކޮންމެ ރަށެއްގައިވެސް ޖަލްސާތައް ބާއްވާނެއެވެ. އަދި މިރޭ އިހަވަންދޫގައި އަދި މާދަމާރޭ ދިއްދޫގައި ކެމްޕެއިން ބޮޑު ޖަލްސާ ބާއްވާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު