ފެސިފިކް ކަނޑުގައި ދަތުރުކުރަނިކޮށް ހާލުގައި ޖެހުނު މީހަކު ތިންމަސް ފަހުން ފެނިއްޖެއެވެ.
އޮސްްޓްރޭލިއާގެ 54 އަހަރުގެ ތިމޯތީ ލީންޑްސޭ ނަމަކަށް ކިޔާ އެ މީހާ ވަނީ އޭނާގެ ކުއްތާ އާއި އެކު ޕެސިފިކް ކަނޑުގައި ދަތުރުކުރަނިކޮށް ހާލުގައި ޖެހި އޮޔާ ގޮސްފައެވެ.
ޕެސިފިކް ކަނޑުގައި އޮޔާދަނިކޮށް ތިމޯތީ ސަލާމަތް ކޮށްފައިވަނީ މަސްވެރިކަން ކުރުމަށް އެސަރަހައްދުގައި ހަރަކާތްތެރިވި މެކްސިކޯ ބޯޓަކުންނެވެ.
ތިމޯތީ އާއި އޭނާގެ ކުއްތާ ފެނުމާއެކު އެ ބޯޓުން ވަނީ ސިއްހީ ފަރުވާއާއި ކާބޯތަކެތި ފޯރުކޮށްދީފައެވެ.
އޮސްޓްރޭލިއާގެ ނޫހަކަށް މައުލޫމާތުދެމުން ތިމޯތީ ބުނެފައިވާ ގޮތުގައި، އޭނާއާއި އޭނާގެ ކުއްތާ ކަނޑުމަތީގައި ހޭދަކުރި މުއްދަތުގައި ސަލާމަތްވުމަށް ކައިފައިވަނީ ރޯމަހެވެ. ލިބުނު ވަރަކުން ވާރޭ ފެން ވެސް ބުއި ކަމަށެވެ.
ތިމޯތީ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ނަމަވެސް ނަފްސާނީ ގޮތުން ދޭން ޖެހޭ އިތުރު އެހީތެރިކަން ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ