ކައްކާމީހެއްގެ ގޮތުގައި ގޭގައި ގެންގުޅުނު އިންޑިއާ މީހެއްގެ، ކަރުގައި ވަޅި ޖައްސައި މަރާލާނެކަމަށް އިންޒާރުދިން މައްސަލަ މ.ހަނީ ކޯމްބް އަހުމަދު ޖަޒީލްގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަޒީލްގެ މައްޗަށް، ބިރު ދެއްކުމުގެ ދައުވާ ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ، 2021 ޑިސެމްބަރުމަހުގެ ކުރީކޮޅުގެ ދުވަހެއްގެ މެންދުރުގެ ވަގުތެއްގައި އަހުމަދު ޖަޒީލް ދިރިއުޅޭ މ.ގުލޭ ނޫރަންމާގޭގައި ހައުސްމެއިޑެއްގެ ގޮތުގައި މަސައްކަތްކުރާ އިންޑިއާ މީހާ ކައްކަން އުޅެނިކޮށް އޭނާގެ އިސްތަށިގަނޑުގައި ހިފައި ކަރުގައި ވަޅިއެއް ޖައްސައި މަރާލާނެކަމަށް ބުނެ ބިރުދައްކައި އިންޒާރުދީފައިވާ ކަމަށެވެ.
މި ދައުވާއަށް ޖަޒީލް ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް ހެކިން ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މިއަދުވާގައި، ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ޖަޒީލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ބިރު ދެއްކުމުގެ ކުށުގެ ދައުވާ ގާނޫނުއަސާސީގައި ބުނާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށެވެ.
އެހެންކަމުން އެގޮތަށް ހުކުމްކޮށް ގަޒިއްޔާ ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު