ބޯކޮށް ވާރޭ ވެހި ބިންގަނޑު ކަނޑައިގެން ގޮސް ކޮރެއާގައި 22 މީހުން މަރުވެއްޖެއެވެ. ދެކުނު ކޮރެއާގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގައި ހިނގި ހާދިސާ ތަކުގައި މިހާތަނަށް 14 މީހަކު ގެއްލިގެން ހޯދަމުންދާކަމަށް ކަމަށްވެސް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން، އެތައް ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އެގައުމުގެ އިންޓީރިއާ އެންޑް ސޭފްޓީ މިނިސްޓްރީން ބުނެފައިވެއެވެ.

ވާރޭވެހި ދެކުނު ކޮރެއާގެ އުތުރުން އޮންނަ ޗުންގްޗެޔޮންގް ޕްރޮވިންސުގެ ކޯރެއް ފުރި ބަންޑުން ވެފައިވާއިރު އެ ޕްރޮވިންސުގެ ހުރިހާ ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮރެއާގެ މީޓިރިއޮލޮޖޮކަލް ސެންޓަރުން ވަނީ އެގައުމަށް ކުރަމުންދާ ވިސްއާރައިގެ އަސަރު ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކުރާނެކަމަށް ބުނެފައެވެ.

ކޮރެއާގެ މިލިޓަރީގެ އިތުރުން ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށް ވިއްސާރައިގައި ގެއްލުންވެފައިވާ ސަރަހައްދުތަކުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.