އިންޑިއާއިން ޔޫއޭއީގެ ވިޔަފާރީގައި ރުޕީސް ބޭނުންކުރުމުގެ އެގްރީމެންޓެއްގައި ސޮއިކޮށްފިއެވެ.
އިންޑިއާއިން ޔޫއޭއީއާ ދެމެދު މި ވެވުނު އެއްބަސްވުމުގެ ސަބަބުން އެ ގައުމުން ޔޫއޭއީގެ މުދާ ގަތުމުގައި ޑޮލަރުގެ ބަދަލުގައި ރުޕީސް އިން ފައިސާ ދެއްކޭނެ ގޮތް ހަމަޖެހޭނެއެވެ.
މި އެގްރީމެންޓުގެ ސަބަބުން ޑޮލަރުގެ ރޭޓަށް އަންނަ ބަދަލުގެ އަސަރު ނުކުރާނެ ކަމަށް އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫއޭއީ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވަނީ ދެގައުމު ދެމެދު އިތުރު އެއްބަސްވުމެއްގައި ވެސް ސޮއި ކުރައްވައިފައެވެ. އެ އެގްރީމެންޓުގެ ސަބަބުން ދެ ގައުމު ދެމެދުގައި ވަގުތުން ޕޭމަންޓު ދެއްކޭނެ މަގު ފަހިވުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއާ އަކީ ދުނިޔޭގެ ތިން ވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ގައުމެވެ. އެގައުމުން މީގެ ފަހުން ޔޫއޭއިން ތެޔޮ ގަންނާނީ ރުޕީސް އިން ފައިސާ ދައްކައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ