މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ލޯގާ ބަދަލުކޮށް ރީބްރޭންޑުކޮށްފިއެވެ.
މިއީ އެމްޕީއެލްގެ 36 އަހަރުގެ ތާރީހުގައި އެ ކުންފުނި ރީ ބްރޭންޑްކުރި ފުރަތަމަ ފަހަރެވެ.
އެމްޕީއެލުން އެ ކުންފުނީގެ އާ ލޯގާ އަދި ކުލަ އިފުތިހާކޮށްފައިވަނީ ހެންވޭރު ދަނޑުގައި ރޭ ބޭއްވި އެ ކުންފުނީގެ ސްޓާފު ނައިޓްގައެވެ.
އެމްޕީއެލް އެންމެ ފުރަތަމަ ހިންގީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ނަމުގައެވެ. ނަމަވެސް 2008 ވަނަ އަހަރުު އެމްޕީއެލް ކޯޕަޓަރައިޒްކޮށް ސަރުކާާރުން 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏަކަށް ބަދަލުކުރުމަށްފަހު، އެ ކުންފުނީގެ ނަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ނަމަށް ބަދަލުކުރިއެވެ.
އެމްޕީއެލްއަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ނެރުއްވި ގަރާރެއްގެ ދަށުން އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ފުރަތަމަ ކޮމާޝަން ހާބާ ހުޅުވައިފައިވަނީ 1986 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު މިހާރުގެ ޖުމްހޫރީ މައިދާނުގައެވެ. އެ ކޮމާޝަލް ހާބަރަށް އެންމެ ފުރަތަމަ އައި ބޯޓަކީ "އެމްވީ ރުތްރިސް" އެވެ. ޖުމުލަ 38 ކޮންޓެއިނަރާއެކު އައި އެ ބޯޓު ރާއްޖެއިން ފުރައިފައިވަނީ 1989 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި