ޕާކިސްތާނުގެ އާއިލާއެއްގެ އެންމެން އުފަންވެފައި ވަނީ އޮގަސްޓު އެކެއްގައި ކަމުން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ލިބިއްޖެއެވެ.
ޕާކިސްތާނުގެ ލަކަނޯގެ މި އާއިލާގައި ހިމެނެނީ ނުވަ މީހުންނެވެ. އެ އެންމެން ވެސް އުފަންވެފައި ވަނީ އޮގަސްޓުމަހުގެ އެއްވަނަ ދުވަހު އެވެ.
ގިނިސް ވޯލްޑް ރެކޯޑްސް ފޮތުގައި ވާގޮތުން މި ނުވަ މީހުން ހިމެނޭ އެ އާއިލާގެ ބައްޕަ އަމީރް އަލީ އަދި މަންމަ ހަދީޖާގެ އިތުރުން އުމުރުން 19 އަހަރާއި 30 އަހަރާއި ދެމެދު އުމުރުގެ ހަތް ދަރިން ތިބެއެވެ.
ރެކޯޑް ފޮތުގައި ވާގޮތުން މިއީ އެއް އާއިލާއެއްގެ އެންމެން އެއް އުފަންދުވަހެއް ފާހަގަ ކުރާ ހަމައެކަނި އާއިލާއެވެ.
މީގެ އިތުރުން އެ އާއިލާގައި ހިމެނޭ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންނަކީ އެއް ދުވަހެއްގައި އުފަންދުވަސް ފާހަގަކުރާ ކުދިންނަށް ވުމަކީ ވެސް ދުނިޔޭގެ ރެކޯޑެއް ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ