ބްރެޒިލްގައި އިމާރާތެއް ވެއްޓި 11 މީހަކު މަރުވެއްޖެއެވެ.
ބްރެޒިލްގެ އިރުއުތުރުން އޮންނަ ޕާނަމްބުކޯ ސްޓޭޓްގައި ހިނގި މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންވެސް ހިމެނޭކަމަށް ރެސްކިއު ޓީީމުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތައް ބުނެއެވެ.
ވެއްޓުނު އިމާރާތުގެ ދަށުން ސަލާމަތުން ތިން މީހުން މިހާތަނަށް ނެރެފައިވާއިރު އަދިވެސް އިމާރާތުގެ ދަށުގައި މީހުން ތިބި ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އަލިފާން ނިއްވާ މީހުންގެ އިތުރުން ބްރެޒިލްގެ ޕަބްލިކް ސޭފްޓީ ޑިޕާޓްމަންޓުގެ ޓީމުތައް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އިމާރާތް ވެއްޓިފައިވަނީ ގިނަ ބަޔަކު ނިދާފައި ތިއްބައި ހެނދުނު 6:35 ހާއިރުކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.
އޮފިޝަލުން ވަނީ އެ ހިސާބުގަނޑަށް ދާދިފަހުން ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށް ބުނެފައެވެ. ވެއްޓުނު އިމާރާތް ވެއްޓެން ދިމާވި ސަބަބު އަދި އެނގިފައިނުވާއިރު އެކަމުގެ ތަހުގީގު ވަނީ ފަށާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ