ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ބާއްވާ ލީން ސްޓާޓްއަޕް މޯލްޑިވްސް 2023 ވޯކްޝޮޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 އިން 16 ގެ ނިޔަލަށެވެ.
ލީން ސްޓާޓްއަޕް މޯލްޑިވްސް އަކީ އުންމީދީ ވިޔަފާރިވެރިންނާއި އިނޮވޭޓަރުންނަށް ސްޓާޓްއަޕްތައް ބިނާކުރުމަށް ނުވަތަ އިނޮވޭޝަން ހިންގުމަށް ބޭނުންވާ އިލްމާއި ވަސީލަތްތަކާއި ވިސްނުމަށް އަހުލުވެރިކުރުމަށް ފަރުމާކޮށްފައިވާ އިންޓެންސިވް ސްޓާޓްއަޕް ބޫޓްކޭމްޕެކެވެ. އެ ވޯކްޝޮޕަކީ 'ލީން ސްޓާޓްއަޕް' ނަމަކަށް ކިޔާ މެތަޑޯލޮޖީގެ މައްޗަށް ބިނާކޮށް ފަރުމާކުރެވިފައިވާ ވޯކްޝޮޕެކެވެ.
ދިރާގުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އެ ބޫޓްކޭމްޕްގެ ތެރޭގައި ލީން ސްޓާޓްއަޕް ކެންވަސް ބޭނުންކޮށްގެން ވިޔަފާރީގެ ހިޔާލުތައް ތަރައްގީކޮށް އިތުރަށް ފުރިހަމަކުރުމަށް އަމަލީ ހަރަކާތްތަކާއި ގްރޫޕް ހަރަކާތްތަކާއި ތަޖުރިބާކާރުންގެ ސެޝަންތައް ބައިވެރިންނަށް ކިޔައިދެވިގެންދާނެ ކަމަށެވެ. އޭގެ އިތުރުން ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމަށްޓަކައި އެނގެން ޖެހޭ އަސާސީ ކަންތައްތަކާއި ކަސްޓަމަރުން ދެނެގަނެ ހޯދުމުގެ މަރުހަލާއާ ބެހޭ އެކި ވަސީލަތްތަކާއި އުކުޅުތައްވެސް ބައިވެރިންނަށް އެ ވޯކްޝޮޕުން އެނގިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގާއި ސްޕާކްހަބް ގުޅިގެން ލޯކަލް ސްޓާޓްއަޕް ސަގާފަތަށް އެހީތެރިކަން ފޯރުކޮށްދީ، ސްޓާޓްއަޕް އިކޯސިސްޓަމް ރާއްޖޭގައި ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ދިރާގުން ބުނެއެވެ.
[ލީން ސްޓާޓްއަޕް މޯލްޑިވްސް 2023ގައި ރަޖިސްޓަރީކުރުމަށް ](https://bit.ly/LSMV2023)
ޚަބަރު
ޚަބަރު