އިންޑިއާ އާއި ޕާކިސްތާނުގެ "ޕަބްޖީ ލޯބިވެރިން" އެކުގައި ޖަލަށްލައިފިއެވެ.
ޕާކިސްތާނުގެ އުމުރުން 27 އަހަރުގެ ސީމާ ގުލާމް އަދި އިންޑިއާގެ 22 އަހަރުގެ ސަޗިން މީނާ ވަނީ އަހަރުތަކެއް ކުރިން މަޝްހޫރު އޮންލައިން ގޭމް ޕަބްޖީ ކުޅުމުގެ ތެރެއިން ލޯބިވެރިންނަށް ވެވިފައެވެ.
އެ ދެ މީހުންގެ ގުޅުން އިތުރަށް ފުރިހަމަވެ، ދާދި ފަހުން ސީމާ ވަނީ ޕާކިސްތާން ދޫކޮށް ލޯބިވެރިޔާ މީނާ އެކު ދިރިއުޅުމަށް އިންޑިއާއަށް ގޮސްފައެވެ.
ސީމާ އިންޑިއާއަށް އެތެރެވީ ގަވާއިދާ ހިލާފަށެވެ. އަދި އޭނާ އިންޑިއާއަށް އެތެރެވެފައިވަނީ އޭނާގެ ތުއްތު ހަތަރު ކުދިން ވެސް ގޮވައިގެން ކަމަށް އެގައުމުގެ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިންޑިއާއަށް އެތެރެވެ، ސީމާ ދިރިއުޅެފައިވަނީ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ އުތުރުން އޮންނަ ގްރޭޓާ ނޮއިޑާ ސިޓީގައި ހުންނަ މީނާގެ ގޭގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ފުލުހުން ވަނީ ސީމާ އިންޑިއާގައި ދިރިއުޅޭތާ އެއްމަސް ވީ ފަހުން މިދިޔަ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ދެ ލޯބިވެރިން ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ ތަހުގީގަށް އެ ދެ މީހުން 14 ދުވަހަށް މުއްދަތު ޖަހައިފައެވެ.
ފުލުހުން ހައްޔަރު ކުރުމުގެ ކުރިން އެ ދެ ލޯބިވެރިންގެ ވާހަކަ ވަނީ އިންޑިއާގެ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވެސް އަރައިފައެވެ.
އިންޑިއާގެ ރިޕޯޓަރުންނަށް ސީމާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އިންޑިއާއަށް އެތެރެވެ، ދެ މީހުން އިނދެގެން އެކުގައި ދިރުއުޅުމެއް ފެށުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ.
ސީމާ ވަނީ 2014 ވަނަ އަހަރު ޕާކިސްތާނުގެ ސިންދު ޕްރޮވިންސުގެ މީހާކާ މީގެ ކުރިން ކައިވެނިކޮށްފައެވެ. އަދި ފަސް އަހަރު ފަހުން ފިރިމީހާ މަސައްކަތް ކުރުމަށް ސައުދީއަށް ފުރުމުން އެކަނިވެރިކަން އިހުސާސުވެ، ޕަބްޖީ ގޭމް ކުޅެން ފެށީ ކަމަށް ސީމާ ވަނީ ބުނެފައެވެ.
އެ ކައިވެންޏަށް ދެމަފިރިންނަށް ވަނީ ތިން އަންހެން ކުދިންގެ އިތުރުން ފިރިހެން ކުއްޖަކު ލިބިފައެވެ.
ޕަބްޖީ ގޭމް ކުޅުމުކުގެ ތެރެއިން މީނާއާ ދިމާވެ، ދެ މީހުންގެ ނަމްބަރު ހިއްސާކޮށް ވާހަކަދައްކަން ފަށައި ގުޅުން ބަދަހިވީ ކަމަށް ސީމާ ވަނީ ބުނެފައެވެ. އަދި އިންޑިއާއަށް ސީމާ ބަދަލުވާން ނިންމައި، ފިރިމީހާ ކައިރިން ވަރިވެ، ޕާކިސްތާން ދޫކޮށް ދަރިންކޮޅާއެކު ފިލައިގެން އިންޑިއާއަށް ވަނީ ބަދަލުވެފައެވެ.
ސީމާގެ ކުރީގެ ފިރިމީހާ ވަނީ އޭނާގެ ގެ ވިއްކާލައި، އެ ގޭގައި ހުރި ހުރިހާ ގަހަނާއެއް ވަގަށް ނަގައިގެން ސީމާ އިންޑިއާއަށް ގޮސްފައިވާ ކަމަށްބުނެ ފުލުހުންނަށް މައްސަލަ ހުށަހަޅައިފައެވެ.
އިންޑިއާގެ ފުލުހުންނަށް މައްސަލަ ފެންމަތިކޮށްފައިވަނީ ސީމާގެ ކުރީގެ ފިރިމީހާ ވަކީލެއް މެދުވެރިކޮށެވެ.
ފުލުހުން ވަނީ މީނާ އާއި ސީމާގެ އިތުރުން މީނާގެ ބައްޕަވެސް އެ ގޭގައި ސީމާ ގެންގުޅުނުކަމުގެ ކުށުގައި ހައްޔަރުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ