އެމެރިކާގެ ކޯލްފެކްސް ސިޓީގައި ދިރިއުޅޭ މީހަކު ވަނީ އޭނާ ކުޑައިރުން ފަށައިގެން ފަންސޫރު އެއްކޮށް 70،000 ހަމަކޮށްފައެވެ.
އާރަން ބާތޯލްމޭ ނަމަކަށް ކިޔާ އެމީހާ ވަނީ އޭނާ ކުޑައިރު ސްކޫލު ދައުރުން ފެށިގެން އެކި ގޮތްގޮތުން އޭނާއަށް ލިބޭ ފަންސޫރު އެއްކުރަން ފަށައިފައެވެ. އޭނާ ބުނާގޮތުގައި އޭނާއަށް އެކި މީސްމީހުން ހަދިޔާއަކަށް ދެނީވެސް ފަންސޫރެވެ.
އެމެރިކާގެ ޕެންސިލް ކަލެކްޓާސް ސޮސައިޓީން ވަނީ ކޯލްފެކްސް ސިޓީއަށް ހާއްސަ ޓީމެއް ފޮނުވައި، އެ ސިޓީގެ ހިސްޓޯރިކަލް ސޮސައިޓީގެ އެހީގައި އާރަން އެއްކޮށްފައިވާ ފަންސޫރުތައް ގުނަން ނިންމައިފައެވެ.
އާރަން ވަނީ އޭނާ ގެންގުޅޭ ފަންސޫރުތައް ގުނައި ނިމުމުން ދުނިޔޭގެ ރެކޯޑު ފޮތުން ރެކޯޑެއް މުގުރާލެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ބުނެފައެވެ.
ދުނިޔޭގެ ރެކޯޑު ފޮތުގައިވާ ގޮތުން މިހާތަނަށް އެންމެ ގިނަ ފަންސޫރު ގެންގުޅޭ މީހަކީ އުރުގުއާއީ މީހެކެވެ. އޭނާވަނީ 24،000 ފަންސޫރު ހަމަކޮށް 2020 ވަނަ އަހަރު ރެކޯޑު ގާއިމުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ