ހައްޖާއި އުމްރާގެ އަޅުކަމަށް ދާ މީހުންނަށް މަސްޖިދުލް ހަރަމްގައި ޑޭ ކެއާ ސެންޓަރެއް ހުޅުވައިފިއެވެ.
މައްކާގައި ހުންނަ މަސްޖިދުލް ހަރަމްގެ ޑިވެލޮޕްމަންޓް ކޮމެޓީން އިސްނަގައިގެން ހުޅުވާފައިވާ ޑޭ ކެއާ ސެންޓަރަކީ ހައްޖުގެ އިތުރުން އުމްރާގެ އަޅުކަމަށް ދާ މީހުން އަޅުކަން ނިމެންދެން އެމީހުންގެ ތުއްތު ކުދިން ބެލެހެއްޓުމުގެ މަގުސަދުގައި ހުޅުވާފައިވާ ޑޭ ކެއާ ސެންޓަރެކެވެ.
24 ގަޑިއިރު ހިދުމަތްދިނުމަށް ހަމަޖެހިފައިވާ އެ ސެންޓަރުން ފުރަތަމަ ތިން ގަޑިއިރު އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ތިން ރޫމު ހިމެނޭ އެ ޑޭ ކެއާ ސެންޓަރުގައި އެކި އުމުރުފުރާގެ ކުދިންނަށް ހާއްސަކޮށް ގޭމާއި އެކި ކުޅިވަރު ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރެއެވެ.
މަސްޖިދުލް ހަރަމްގެ ގޯތިތެރޭ ހުންނަ އެ ސެންޓަރުގެ ސަބަބުން ހައްޖުގެ އަޅުކަމަށް ދާ ފަރާތްތަކަށް ދޭ ހިދުމަތް އިތުރަށް ފުރިހަމަކުރެވޭނެ ކަމަށް ހަރަމްގެ ޑިވެލޮޕްމަންޓް ކޮމެޓީގެ އޮފިޝަލުންނާ ހަވާލާދީ ސައުދީގެ ނޫސްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ