މި ހިނދުން ފެށިގެން ސަރުކާރުން ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ކ. ގުޅިފަޅުގެ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިންގެ ތެރޭގައި ގާއިމުވެފައި މި އޮތް ހަމަޖެހުމާއި ސުލްހަޔަކީ، ތަކުލީފުތަކަށް ކޮންމެވެސް ލުޔެއް ލިބޭ ކަމުގެ ނަތީޖާ ކަމަށާއި ދެން އަމާޒު ހިފަންވީ މި ހަމަޖެހުމުގެ ތެރޭގައި އުފާވެރި ދިރިއުޅުމެއް ވޭތުކުރުމަށް ކަމަށެވެ.
"މި ހިނދުން ފެށިގެން އަޅުގަނޑުމެން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫއެއްގެ އަމާޒަކީ ދިވެހިން އެދިއެދި ތިބި "އުފާވެރި އަމާން ރާއްޖެ" ދިވެހިންނަށް ހޯދައިދިނުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ތިބީ މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދޭން ކަމަށާއި ރައްޔިތުންގެ ކޮންމެ ކަންބޮޑުވުމަކީ މި ސަރުކާރުގެ ވެސް ކަންބޮޑުވުމެއް ކަމަށެވެ. އަދި ރައްޔިތުންގެ ތަކުލީފަކީ މި ސަރުކާރުގެ ކޮންމެ ބޭފުޅެއްގެ ވެސް ތަކުލީފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިދިޔަ ހަތަރު އަހަރެއްހާ ދުވަހު އަޅުގަނޑުމެން ހިންގި ކޮންމެ މަޝްރޫއެއް، އަދި ކުރި ކޮންމެ މަސައްކަތެއް ބިނާކޮށްފައި އޮންނާނީ އެ ތަކުލީފުތައް ކުޑަކޮށްދިނުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބެންދެން އެކަމަށް ހާއްސަކޮށްފައިވާ ލިސްޓު ދެމެހެއްޓުން ކަމަށާއި އެ ފުރުސަތު ދިވެހި ރައްޔިތުން ދީފިނަމަ، އެ މަސައްކަތްކޮށް ވެސް ނިންމާލާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު