މި ޗުއްޓީ ތެރޭގައި ދަތުރުދާ ކޮންމެ ތަނަކަށްވެސް އިންޓަނެޓް ހިފައިގެން ދެވޭނެ ގޮތް ހެދުމަށް ދިރާގުން 'ބޮޑު ޗުއްޓީ ސޭލް'ގެ ނަމުގައި މައި-ފައި ޑިވައިސްއަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ދިރާގުގެ ވާވޭ 4ޖީ މޯބައިލް ވައި-ފައި ޑިވައިސްއެއް ގަންނަ ހުރިހާ ކަސްޓަމަރުންނަށްވެސް 50 ޕަސެންޓުގެ ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭރުން ވައި-ފައި ޑިވައިސްއެއް ގަންނަން ކަސްޓަމަރުން ދައްކަން ޖެހޭނީ އެންމެ 594 ރުފިޔާއެވެ.
ބޮޑު ޗުއްޓީއާ ދިމާކޮށް މި ޕްރޮމޯޝަން ކުރިއަށްދާނީ 7 ޖުލައި 2023ގެ ނިޔަލަށެވެ. މި މުއްދަތާ ހަމައަށް ކަސްޓަމަރުންނަށް ދިރާގު ވެބްސައިޓް https://bit.ly/3JBsZqn މެދުވެރިކޮށް ފަސޭހަ ކަމާއެކު މި ޑިވައިސް ގަނެވޭނެއެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވީ ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުން ކޮންމެތާކު، ކޮންމެ ވަގުތަކުވެސް މުވާސަލާތީ ގޮތުން ގުޅުވުން އަދި އެކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ. އެގޮތުން މި ހާއްސަ ޕްރޮމޯޝަނަކީ ހުރިހާ ފަރާތްތަކަށްވެސް މި ޗުއްޓީ ތެރޭގައި ދަތުރުކުރާއިރު ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކޮށްލާ، ހާއްސަ ވަގުތުތަކުގައި ބައިވެރިވުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު