ފްރާންސުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި 400 މީހުން ހައްޔަރުކޮށްފިއެވެ.
ފްރާންސުގައި ހަމަނުޖެހުން އިތުރުވެފައި ވަނީ އެގައުމުގެ އުމުރުން 17 އަހަރުގެ ނަހެލް ނަމަކަށް ކިޔާ ކުއްޖަކު ފުލުހުންގެ އިހުމާލުން މަރުވުމާ ގުޅިގެންނެވެ. ނަހެލް މަރުވެފައިވަނީ ފްރާންސުގެ ފުލުހުން ބަޑިޖެހުމުގެ ސަބަބުން ވެރިރަށް ޕެރިހުގައެވެ.
އެހެންވެ، ފްރާންސުގެ ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ކުރަމުން ގެންދާތީ، އެގައުމުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފައެވެ.
ނަހެލްގެ މަރާ ގުޅިގެން އެގައުމުގެ އާންމުން ދަނީ ފުލުހުންނާ ކުރިމަތިލައި ސަރުކާރުގެ އިދާރާތަކާއި އާންމު ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ.
މުޒާހަރާތައް ކޮންޓްރޯލުން ނައްޓާފައިވާ އިރު، ޕެރިސް ސިޓީގެ ބޭންކެއްގައި ވެސް ވަނީ ރޯކޮށްލައިފައެވެ.
މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް އިތުރު ފުލުހުންނާއި ސިފައިން މަގުތަކަށް ނެރެފައިވާ އިރު، އެގައުމުގެ ރައީސް އެމަނުއެލް މަކަރޮން ވަނީ ކަމާބެހޭ ފަރާތްތަކާ ކުއްލި ބައްދަލުކުރެއްވުމެއް ބާއްވަވައިފައެވެ. އެބައްދަލުކުރެއްވުމުގައި ވަނީ މަޝްރަހު އިތުރަށް ގޯސް ނުވާނެހެން ކަންކަން ކޮންޓްރޯލް ކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރައްވައިފައެވެ.
ފްރާންސުގެ މީޑިއާތަކުން ވަނީ އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 40 ކާރު ރޯކޮށްލާފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ. އަދި ހަމަނުޖެހުން ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި 24 ފުލުހަކަށް އަނިޔާވެފައިވާ ކަމަށްވެސް ނޫސްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ