ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމަނިކުފާނުގެ އުފަން ރަށް، ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު "ވަން" އަށް މިރޭ ވިދާޅުވީ އަމިއްލަ ދަތުރުފުޅެއްގައި ރައީސް ހިންނަވަރަށް ވަަޑައިގަތީ މިއަދު ކަމަށެވެ.

ރައީސް ހިންނަވަރަށް ވަޑައިގެންފައިވާ އިރު، އަޟްހާ އީދު ފާހަގަކުރެއްވުމަަށް ރައީސްގެ ދެކަނބަލުން ވަނީ އިއްޔެ އއ. ތޮއްޑުއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ތޮއްޑުއަށް ވަޑައިގެންނެވުމުން ތޮއްޑޫގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބަނދަރުމަތިން އެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި ދަތުރުފުޅުގައި ތޮއްޑޫގެ އަންހެނުން، ރައީސްގެ ދެ ކަނބަލުންނަށް ތައްޔާރުކޮށްފައިވާ މެންދުރުގެ ސަގާފީ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައިވެއެވެ.