މި އަހަރުގެ ބޮޑު އީދު ބަންދާ ދިމާކޮށް އުރީދޫ މޯލްޑިވްސް އިން ގޭމަރުންނަށް ހާއްސަ ޑޭޓާ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

އުރީދޫން ތައާރަފު ކޮށްފައިވާ ގޭމް އޮން އެކްސްޓްރާ ޕެކޭޖަކީ ގޭމް ކުޅޭ ފަރާތްތަކަށް ހާސްކަމެއް ނެތި ގޭމު ކުޅެލާ ސްޓްރީމްކޮށް އަދި އިންޓަނެޓްގެ އެހެނިހެން ބޭނުންތައް ކޮށްލެވޭ ގޮތައް ފަރުމާކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކް މެދުވެރިކޮށް ގޭމަރުންނަށާއި ސްޓްރީމްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެއް މަސް ދުވަހުގެ މުއްދަތައް 100 ޖީބީގެ ޑޭޓާ އެލަވަންސެއް ލިބޭނެއެވެ. މި ހާއްސަ ޕެކޭޖުގެ އަގަކީ އެންމެ 500 ރުފިޔާއެވެ.

އުރީދޫން ބުނީ ގޭމް އޮން އެކްސްޓްރާ ޕެކަކީ ގޭމް ކުޅޭ ފަރާތްތަކާއި ސްޓްރީމިންއަށް ޝައުގުވެރިވާ މީހުންނަށް އެންމެ ފުރިހަމައަށް ފަރުމާކުރެވިފައިވާ ޕެކޭޖެއް ކަމަށެވެ. އެގޮތުން ގޭމް ކުޅެ ސްޓްރީމް ކުރުމަށް 80 ޖީބީ ޑޭޓާ އެލަވަންސް މި ޕެކޭޖުގައި ހިމަނާފައިވާއިރު، އެ ޑޭޓާ ބޭނުން ކުރެވޭނީ ގޭމިން ޕްލެޓްފޯމްތަކަށެވެ.

އޭގެ އިތުރުން މި ޗުއްޓީގައި އާއިލާއާއި ރައްޓެހިންނާ ގުޅުންބަދަހިކޮށް އިންޓަނެޓްގެ އެހެނިހެން ބޭނުންތައް ކޮށްލުމަށް 20 ޖީބީގެ ރެގިއުލާ ޑޭޓާވެސް ހިމަނާފައިވާނެ ކަމަށް އުރީދޫން ބުންޏެވެ.

ގޭމްއޮން އެކްސްޓްރާ ޕެކް އެކްޓިވޭޓް ކުރުމަށް، http://ore.do/gameonxtra އަށް ފިތާލާށެވެ.