ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީން ބެކް ޓު ސްކޫލް ކެމްޕެއިން ޖެހިޖެހިގެން ދެ ވަނަ އަހަރަށް ލޯންޗުކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ, ނޮވެލްޓީ ބުކްޝޮޕާ އެކު ކުރިއަށް ގެންދާ މި ކެމްޕެއިނަށް މިދިޔަ އަހަރު ލިބުނު ތަރުހީބާއި ތަޖުރިބާ އާއެކު، މި އަހަރުވެސް ސްކޫލަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި އަންނަ ދިރާސީ އަހަރަށް ބޭނުންވާ ޒަރޫރީ ސާމާނާއި ސްކޫލް ފޮތްތައް ލިބުމުގައި އާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، މޫލީގެ މައިގަނޑު އޮފާއަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށްވެސް ބުންޏެވެ.

އުރީދޫގެ މި ހިދުމަތުގައި ސްކޫލަށް ބޭނުންވާ ސާމާނު އިތުރު ހަރަދެއް ނުވަތަ ދަތިކަމެއް ނެތި ފަސޭހަކަމާއެކު އޮންލައިންކޮށް އޯޑަރު ކޮށްލެވޭ އިރު އެކަމުގެ ސަބަބުން މާލެއަށް ކުރަންޖެހޭ ދަތުރުފަތުރުގެ އަގުބޮޑު ހަރަދާއި ފިހާރަތަކުގައި ކިޔުގައި ތިބުމާއި ބަރު ކޮތަޅުތައް އުފުލުމުގެ ބުރަ ނައްތާލެވެއެވެ.

އުރީދޫން ބުނީ, މޫލީ މެދުވެރިކޮށް ފޮތްލިސްޓް ގަތުމަށް މޫލީ ވެބްސައިޓްގެ ބުކްސް އެންޑް ސްޓޭޝަނަރީ ކެޓަގަރީގެ ދަށުން ސްކޫލަށް ބޭނުންވާ ސާމާނު ފެންނާނެ ކަމަށެވެ.

ޗެކް-އައުޓް ކުރާއިރު އެޑިޔުކޭޝަން މިނިސްޓްރީން ދޭ ވައުޗާ ކޯޑާއި އައިޑީ ކާޑު ނަމްބަރު ސްޕެޝަލް އިންސްޓްރަކްޝަންސް ގޮޅީގައި ޖަހަންޖެހޭނެއެވެ. އޯޑަރުކުރާ އަދި ތަކެތި ޑެލިވާކުރުމުން، އެ ފޮތްލިސްޓް އޯޑަރުކުރުމަށް ބޭނުންކޮށްފައިވާ ވައުޗަރު، ޑެލިވާ ކުރާ ފަރާތާ ހަވާލުކުރަން ޖެހޭނެއެވެ.