މެލޭޝިއާގެ ބަޖެޓް އެއާލައިން، ބަޓިކް އެއާގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.
މޯލްޑިވެސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބަޓިކް އެއާލައިނުން މެލޭޝިއާ އަދި ސްރީލަންކާއަށް ހަފުތާއަކު ތިން ފުލައިޓު ބާއްވާނެ ކަމަށެވެ.
އެގޮތުން މެލޭޝިއާ އަދި ސްރި ލަންކާއިން ރާއްޖެއަށް އެ އެއާލައިނުން ދަތުރުކުރާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ބަޓިކް އެއާލައިނުގެ ދަތުރުތައް މިއަދު ރާއްޖެ ފެށި އިރު، އެ ފުލައިޓުން 121 ޕަސެންޖަރުން ވަނީ ރާއްޖެ އައިސްފައެވެ.
އެމްއޭސީއެލުން ބުނީ ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބަޓިކް އެއާއިން ބޭނުންކުރާނީ ބޮއިންގް 737 މަރުކާގެ ބޯޓެއް ކަމަށެވެ. މިއީ 180 މީހުންގެ ޖާގައިގެން ބޯޓެކެވެ. އ
ބަޓިކް އެއާ އިން މެލޭޝިޔާ، ތައިލޭންޑް، އޮސްޓްރޭލިއާ ހިމެނޭހެން ފަންސާސް މަންޒިލަކަށް ދަތުރުތައް ބާއްވައެވެ.
ރާއްޖެއަށް ދަތުރުކުރާ އެއާ ލައިންތައް އިތުރުވެގެން ދިޔުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ އިތުރު ކުރިއެރުމެއް ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
ބަޓިކް އެއޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ފްލައިނަސް އަދި އެމެރިކާގެ ވާޖިން އެޓްލާންޓިކްގެ ދަތުރުތައްވެސް މިއަހަރު ތެރޭގައި ރާއްޖެއަށް ފަށާން ވަނީ ނިންމައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި