އުރީދޫ މޯލްޑިވްސް އިން އީދަށް ހާއްސަ އޮފާތަކަކާއި އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އުރީދޫން މިއަދު ބުނީ "ބޮޑު ޗުއްޓީ ޕެކް" ގެ ނަމުގައި އީދަށް ހާއްސަ ޕެކޭޖެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އެގޮތުން ފަސް ދުވަސް 150 ރުފިޔާއަށް 100 ޖީބީ ޑޭޓާ ލިބޭނެއެވެ. މި ޕެކް އެސްއެމްއެސް، ޔޫއެސްއެސްޑީ މެނޫ، އުރީދޫ އެޕް އަދި ކުއިކްޕޭ ފަދަ ޗެނަލްތަކުން އެކްޓިވޭޓް ކުރެވޭނެއެވެ.

މީގެ އިތުރުން ސުޕަނެޓް، ފަސޭހަ އަދި 5ޖީ އެއާ ފައިބާ އަލަށް ނަންގާ ފަރާތްތަކަށް އަދި އަޕްގްރޭޑް ކުރާ ފަރާތްތަކަށް ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށައިފައެވެ.

އެގޮތުން 31 ޖުލައިގެ ކުރިން އާ ސުޕަނެޓް ކަނެކްޝަނެއް، ފަސޭހަ ހޯމް ބްރޯޑްބޭންޑް ނުވަތަ ފަސޭހާ ޕްލަސްގެ އިތުރުން 5ޖީ އެއާ ފައިބާ އެކްޓިވޭޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ތިން ކަސްޓަމަރަކަށް އެޕަލް އައިފޯން 14 އެއް ލިބޭނެއެވެ. ނަސީބުވެރި ފަރާތްތައް ހޮވާނީ އޯގަސްޓް މަހުގެ ތެރޭގައި ކަމަށްވެސް އުރީދޫން ބުންޏެވެ.

ސުޕަނެޓް ޕްލޭން އަޕްގްރޭޑް ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް ސެމްސަންގް ގެލެކްސީ ޒެޑް ފޯލްޑް، ވާވޭ ވޮޗް ބަޑްސް އަދި ސެމްސަންގް ގެލެކްސީ ބަޑްސް 2 ގްރެފައިޓް - އެސްއެމް-އާރް177 ފަދަ އަގުހުރި އިނާމުތަކެއް ލިބޭނެއެވެ. މި ނަސީބުވެރި ފަރާތްތައް ހޮވާނީ ޕްރޮމޯޝަނަށް ފަހު އަންނަ މަހު ކަމަށް އުރީދޫން ބުންޏެވެ.