ސައުދީގައި އިލެކްޓްރިކް އެއާ ޓެކްސީ ފްލައިޓް ފުރަތަމަ ފަހަރަށް ޓެސްޓު ކޮށްފިއެވެ.
ސައުދީގެ ނިއޯމް އާއި އެއާ ޓެކްސީ ފްލައިޓް އުފައްދާ ކުންފުނި ވޮލޮކޮޕްޓަރ ގުޅިގެން ކުރިޔަށް ގެންދިޔަ މި ޓެސްޓަކީ އޭގެ ފުރަތަމަ މަރުހަލާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.
ސައުދީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެއާޓެކްސީ ފްލައިޓު ޓެސްޓު ކުރުމުގެ ހުއްދަ ދީފައިކަމަށް ވޮލޮކޮޕްޓަރއިން ބުނެފައިވެއެވެ.
ހަފުތާއެއްގެ މުއްދަތަކަށް ދެމިގެން ދިޔަ ޓެސްޓުތައް ކުރިޔަށް ދިޔައިރު ސައުދީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ ފްލައިޓުގެ ސަލާމަތީކަންކަމާއި ގަވާއިދާ އެއްގޮތައް ކަންކަން ކުރިޔަށްދޭތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
ސައުދީގެ ނިއޯމްގެ ސީއީއޯ ނަދްމީ އަލް ނާސިރް ވަނީ ވޮލޮކޮޕްޓަރގެ ކާމިޔާބު ޓެސްޓަށްފަހު އެ ގައުމުގެ ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމަށް ކުރިޔަށްގެންދާ ޕްރޮގްރާމަށް އިތުރު އުޖާލާކަމެއް ލިބިފައިވާކަން ވިދާޅުވެފައެވެ.
ސައުދީގެ ނިއޯމްއަކީ އެގައުމުގެ ތަބުކް ޕްރޮވިންސްގައި ބިނާކުރަމުން އަންނަ ސްމާޓް ސިޓީއެކެވެ. 26500 އަކަ ކިލޯމީޓަރުގެ މި ސިޓީއަކީ ސައުދީ ރަސްގެފާނުގެ ސީދާ ބެއްލެވުމުގެދަށުން ބިނާކުރަމުން އަންނަ ސިޓީއެކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ