ހަތް އަހަރު ފަހުން ޔަމަނުން ސައުދީއަށް ފްލައިޓުދަތުރު ފަށައިފިއެވެ.
2016 ވަނަ އަހަރު ހުއްޓާލުމަށް ފަހު ޔަމަނުން ސައުދީއަށް ދަތުރުކޮށްފައިވަނީ ޔަމަން އެއާވޭސް ގައި ހައްޖުގެ އަޅުކަމަށް ސައުދީއަށް ދަތުރުކުރި ފްލައިޓެކެވެ.
270 މީހުންނާއެކު ދަތުރުކުރި ފްލައިޓު ސައުދީއަށް ޖައްސާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ޔަމަނުގެ ސަންނާ އެއާޕޯޓުން ސައުދީއަށް ޖުމުލަ ފަސް ފްލައިޓު، ހައްޖުވެރިން ގޮވައިގެން ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ޔަމަނުގެ އޮފިޝަލުން ބުނެއެވެ.
ޔަމަނުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ މައްސަލައަށް ހައްލު ހޯދުމަށް ދެގައުމު ދެމެދު އެއްބަސްވެފައިވާއިރު އެ އެއްބަސްވުމުގެ ސަބަބުން ސައުދީން ޔަމަނަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަކަށް ލުއިދިނުމަށް ނިންމާފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ