ދިރާސީ އާ އަހަރުގެ ޓެކްސްޓް ފޮތްތައް ދޫކުރަން ފަށައިފިއެވެ.

އެކެޑެމިކް ކަލަންޑަރުގައިވާ ގޮތުގައި މި އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. ގާތްގަނޑަށް ދޮޅު މަަސް ދުވަހަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ އޮގަސްޓު މަހުގެ ހަ ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ސްކޫލުތަކަށް ފޮތްތައް ދޫކުރަން ފަށާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފޮތްތައް ދޫކުރަމުން އަންނަނީ ޗާންދަނީމަގުގައި ހުންނަ ކުރީގެ އަރަބިއްޔާ ސްކޫލު އިމާރާތުން ކަމަށްވެސް ވިދާޅުވިއެވެ.

"ސްކޫލުތަކަށް ފޮތްތައް ދޫކުރަނީ އަރަބިއްޔާއިން، ދެން ސްކޫލުތަކުން ދަރިވަރުންނަށް ދޫކުރާނީ" އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެއްވެސް ފޮތެއް ލިބުމުގައި އެއްވެސް ދަތިކަމެއް މި އަހަރު ނެތް ކަމަށާއި ހުރިހާ ފޮތްތަކެއްވެސް ހަމައަށް ލިބިފައިވާ ކަމަށެވެ.

ފޮތްތައް، އެޑިއުކޭޝަނުން ދޫކުރަން ފަށާފައިވާ އިރު، ފޮތް ލިސްޓްގެ ވައުޗަރު ދޫކުރާނީ ސްކޫލުތަކުންނެވެ.