އަލަށް ދިރާގު ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ރައުޓަރު އަދި ގުޅައިދިނުން ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން މިއަދު ބުނީ ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި އޮފާގައި ބައިވެރިވެވޭނެ ކަމަށެވެ. އިއްޔެ ފެށި މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ގެ ނިޔަލަށެވެ.
"މިއީ އެއްވެސް ސެޓްއަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބާ ނެޓްވޯކްއާ ގުޅާލުމަށް ލިބޭ އަގުހުރި ފުރުސަތެއް. ދިރާގު ފައިބާ ބްރޯޑްބޭންޑާއެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖުތައް ހިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ދިރާގުގެ އެކުއިޒިޝަންސް މެނޭޖަރު ޖަނާ އިބްރާހިމް ވިދާޅުވިއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 87 ޕަސަންޓަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު https://bit.ly/42dAzP8 އިން ލިބޭނެއެވެ.
ޚަބަރު
ޚަބަރު