ގއ. ވިލިނގިލިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ރަށުން 38 އަހަރުގެ ދިވެހި ފިރިހެނަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރޭ 1:10 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ކައުންސިލު އަދި އާއްމުން ގުޅިގެން ކުރަމުންދާ ކަމަށް ބުންޏެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު "ވަން" އަށް ކިޔައިދިން ގޮތުގައި ގެއްލިގެން ހޯދަމުންދަނީ އެރަށު ރަތްވިލާގޭ އަހުމަދު އައްސަދުއެވެ. އޭނާ ގެއްލުމުގެ ކުރިން އިއްޔެ ހަވީރު އާއިލީ މައްސަލަތަކެއް ޖެހިގެން، އައްސަދު އޭނާގެ މަންމަ ގާތަށް ދާނީ ކަމަށް ބުނެ ދިޔަ ގޮތަށް ހަބަރެއް ނުވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އަދި އަސްއަދު މައްމަ ގާތަށް ދާނީ ކަމަށް ބުނެ ދިޔަ ނަމަވެސް އޭނާގެ މަންމަ ނިޔާވެފައިވާ ކަމަށްވެސް އެ މީހާ ބުންޏެވެ.
ވިލިނގިލީ ކައުންސިލުގެ ރައީސް ވިޝާލް މުހައްމަދު މިއަދު "ވަން" އަށް ވިދާޅުވީ އައްސަދު ހޯދުމަށްޓަކައި އާއްމުންނާއި ފުލުހުން ގުޅިގެން ރަށުގެ އެކި ތަންތަން ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އޭނާ ރަށުން ފުރައިގެން ނުދާކަން ޔަގީންވެފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު