އއ. ރަސްދޫގައި 100 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓައިފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ، އެ އާރްއޯ ޕްލާންޓާއެކު ރަސްދޫގެ ފެން އުފެއްދުމުގެ ޖުމުލަ ކެޕޭސިޓީ 160 ޓަނަށް އިތުރުކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، އެ އާރްއޯ ޕްލާންޓަކީ އެ ކުންފުނީގެ މުވައްޒަފުން ކޮމިޝަނިން ހުރިހާ މަސައްކަތެއްކޮށް، އޮޕަރޭޝަނަށް ގެނައި ފުރަތަމަ ޕްލާންޓު ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވި، ކުންފުނީގެ ވޯޓާ ސުވަރޭޖް އެންޑް ވޭސްޓް މެނޭޖްމަންޓު ޑިޕާޓްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މުވައްޒަފުންގެ މަސައްކަތަށް ތަރުހީބުދެއްވައިފައެވެ.