ރައްކާވެ ތިބިއްޔާ ދަތުރޭ ބުނެ އުޅޭ ފަދައިން ހައްޖުގެ އަޅުކަމަށް ފުރުމުގެ ކުރިން ވެސް ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު އެބަ އޮތެވެ. އެއީ ހައްޖުގެ އަޅުކަން އަދާކުރުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދިމާވެދާނެ ކަމަކާ މެދު ކަންބޮޑުވެ ހާސްވުމުން އެއްކިބާކޮށްދޭނެ ފިޔަވަޅެކެވެ. ހައްޖަށް ދާ އިރު ނަގަންވީ ހާއްސަ ތަކާފުލް ޕްލޭނެކެވެ.
އެގޮތުން އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނަކީ ދަތުރުގައި އުޅޭ އިރު ދިމާވެދާނެ މާލީ އަދި ސިއްހީ ބުރައަކުން ހައްޖާޖީން ރައްކާތެރިކޮށްދޭނެ ޕްލޭނެކެވެ.
މިސާލަކަށް ބަލާނަމަ، ހައްޖުގެ އަޅުކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ހައްޖާޖީންގެ މެދުގައި "ހައްޖު ރޯގާ" ފެތުރެއެވެ. ބައެއް ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި އުޅޭއިރު ވެސް ހައްޖު ރޯގާ ޖެހި އަރިދަފުހުގެ އުނދަގުލުގެ އިތުރުން ހުން ގަދަވެ އަދި ހާލު ބޮޑުވެގެން އިތުރު ފަރުވާ ހޯދަން ވެސް ޖެހެއެވެ.
މީގެ އިތުރުން ހައްޖުގެ އަޅުކަން އަދާކުރުމުގައި އުޅެނީ އެއްފަހަރާ އެތައް ހާސް މީހުންނެވެ. އެހާ ގިނަ މީހުން އެއްތަންވެ އުޅޭ އިރު ޖިސްމާނީ އަނިޔާއެއް ވެސް ކުރިމަތިވެ، ފަރުވާ ހޯދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މިއިން ކޮންމެ ހާލެއްގައި ވެސް ސިއްހީ ފަރުވާ ކުރުމަށް އަތުން ދާ ހަރަދަކީ ބުރައަކަށް ވެދާނެއެވެ. ބޭރު ގައުމެއްގައި ސިއްހީ ފަރުވާ ހޯދުމަކީ އަގު ބޮޑު ކަމެކެވެ. އެކަމަކު އަޔާދީގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް އޮތް ނަމަ, މިފަދަ ކުއްލި ހާލަތްތަކުގައި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހަރަދުތައް ކަވަރުކޮށްދޭނެއެވެ.
މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެކަން އަޔާދީ ތަކާފުލްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އަންގަން ވާނެއެވެ. އޭރުން އެކަމުގައި ކުރިއަށް ދަންވީ ގޮތުގެ އިރުޝާދުތައް އަޔާދީއިން ފޯރުކޮށްދޭނެއެވެ.
ހައްޖަށް ދިއުމަށް ފުރާ ދުވަސް ގާތްވަމުންދާ އިރު, އަޔާދީއިން ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް ބައްލަވައިގަންނަންވީ ނޫންތޯއެވެ؟ ސިއްހީ ކުއްލި ހާލަތްތަކުގެ އިތުރުން، އަތުގައި އޮތް ޕާސްޕޯޓު ނުވަތަ ދަބަސް ނުވަތަ އަގުހުރި އެއްޗެއް ގެއްލިއްޖެނަމަ އެކަމުގެ ބަދަލު ވެސް މި ތަކާފުލް ޕްލޭނުން ލިބޭނެއެވެ.
މި ޕްލޭނަކީ ދެ މަސް ދުވަހުގެ މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްލޭނެކެވެ. އަގަކީ ބޮލަކަށް އެންމެ 750 ރުފިޔާއެވެ. އަދި ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ހަރަދުތަކަށް އޮޕްޝަނަލް ކަވަރޭޖެއް ވެސް އިތުރު 250 ރުފިޔާ ދައްކާލައިގެން ޕްލޭނުގެ ދަށުން ލިބޭނެއެވެ. އެލައިޑަށް ފޯމު ހުށަހަޅައިގެން ނުވަތަ އެއަށްވުރެ މާ ފަސޭހަކަމާއެކު "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅައިގެން ވެސް މި ތަކާފުލް ޕްލޭން ލިބޭނެއެވެ.
ފުޓާ ނޯޓް: އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީއާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް