ރާއްޖޭގެ ކުޅިވަރު މައިދާނުގައި ހަރަކާތްތެރިވާ ކްލަބްތަކަށާއި ކުޅުންތެރިންނަށް ހާއްސަކޮށްގެން، ފެންވަރު ރަނގަޅު ކަސްޓަމް ޖާޒީ އުފައްދައި ފޯރުކޮށްދިނުމުގައި ލ. މާވަށަށް ނިސްބަތްވާ "ޖޮޒީ" އުފެދުނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 18 ވަނަ ދުވަހުއެވެ.

މިއީ ލ. މާވަށަށް އުފަން ދެ ރަހުމަތްތެރިއެއްގެ ބުރަ މަސައްކަތާއި އުންމީދުން އުފަންވި ބްރޭންޑެކެވެ. އެންމެ ފުރަތަމަ އޯޑަރު ލިބުނީ ލ. ހިތަދޫގައި ބޭއްވި އީދު ކުޅިވަރުތަކަށް ޖާޒީތަކެއް ތައްޔާރުކުރުމަށެވެ. އެ ދުވަސްވަރު ޑިޒައިން ކުރުމުގެ އެންމެ އެކަށީގެންވާ ވަސީލަތްތައް ނެތް ނަމަވެސް، އެންމެ 200 ޑޮލަރު ހިފައިގެން ރާއްޖެއިން ބޭރަށް ކުރި ދަތުރަކީ މި ބްރޭންޑްގެ ކުރިމަގު ބަދަލުކޮށްލި ދަތުރެކެވެ.

ޖޮޒީއިން މައިގަނޑު ގޮތެއްގައި ވިއްކަނީ ކުޅިވަރު ކުޅުމަށް ބޭނުންކުރާ ހެދުމާއި ޖާޒީއެވެ. މީގެ ތެރޭގައި ފުޓުބޯޅަ، ފުޓްސަލް އަދި ވޮލީބޯޅަ ފަދަ ކުޅިވަރުތަކަށް ހާއްސަކޮށްގެން ފަރުމާކުރާ ކަސްޓަމް ޖާޒީތައް ހިމެނެއެވެ. ކަސްޓަމަރުން ބޭނުންވާ ގޮތަށް ޑިޒައިންކޮށްދިނުމުގެ އިތުރުން، ޖާޒީގައި ނަމާއި ނަންބަރު ޖެހުމުގެ ހިދުމަތް އެއްވެސް އަގަކާ ނުލައި އެ ފަރާތުން ފޯރުކޮށްދެއެވެ. މިއީ ކުޅިވަރު ޓީމުތަކަށް އެ މީހުންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

މި ބްރޭންޑުން ވަނީ ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ ޓީމުތަކަކަށް ޖާޒީ ފޯރުކޮށްދީފައެވެ. އެގޮތުންރާއްޖޭގެ ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ތިންވަނަ ޑިވިޝަނުގެ މުބާރާތުގައި ވާދަކުރި އެޓޯލްސް އެފްސީން ބޭނުންކުރީ ޖޮޒީގެ ޖާޒީއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ، ވަން އެންޑް އޮންލީ ރީތިރަށް، ވެލާ ޕްރައިވެޓް އައިލެންޑް، އިތާފުށި، ކުޑަހުރާ، އަނަންތަރާ، ރަންދެލި، އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނާގަނޑު ފަދަ އެތަކެއް ރިސޯޓްތަކަށް ޖޮޒީ އިން އަންނަނީ ޖާޒީ ސަޕްލައި ކޮށްދެމުންނެވެ،

މީގެ އިތުރުން ފުޓްސަލް ކްލަބް ފަދަ ރަށްރަށުގެ ޓީމުތަކުންވެސް އަންނަނީ މި ބްރޭންޑުގެ ޖާޒީ ބޭނުންކުރަމުންނެވެ. ހަމައެހެންމެ، 2023 ވަނަ އަހަރު ބޭއްވި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގެ ދާއިރާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ "ރިސޯޓް ލީގު" ގެ އޮފިޝަލް ކިޓް ޕާޓްނަރަކީވެސް ޖޮޒީއެވެ.

ޖޮޒީގެ އުފެއްދުންތަކުގެ ފެންވަރަށް ބަލާއިރު، މިއީ ކުޅުންތެރިންނަށް އެންމެ ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުންތަކެކެވެ. މި ޖާޒީތައް އުފައްދާފައިވަނީ ސައްތައިން ސައްތަ ޕޮލިއެސްޓާ މެޓީރިއަލް ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން ދާހިއްލުމުން އަވަހަށް ހިކުމާއި ހަށިގަނޑަށް ފިނިކަން ގެނެސްދިނުމުގެ ގާބިލުކަން މި ޖާޒީތަކުގައި އެކުލެވިގެންވެއެވެ. މިއީ ޖަރާސީމުން ރައްކާތެރިކޮށްދޭ މެޓީރިއަލްއަކަށް ވުމާއެކު، ކުޅުންތެރިންނަށް ދިގު މުއްދަތަކަށް ބޭނުންކުރަން ފަސޭހަވާނެއެވެ.

ކުޅިވަރު ޓީމުތަކުންނާއި އާންމު ފަރުދުން ޖޮޒީ އިހުތިޔާރުކުރަން ޖެހޭ މައިގަނޑު ސަބަބަކީ މިއީ ފެންވަރު ރަނގަޅު ދިވެހި އުފެއްދުމަކަށް ވުމެވެ. ބޭރުގެ ބްރޭންޑުތަކާ ވާދަކުރެވޭ ފެންވަރަށް ޖާޒީ އުފައްދައި، ކަސްޓަމަރުން ބޭނުންވާ ޑިޒައިންތައް އަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމަކީ މި ބްރޭންޑުގެ ހާއްސަ ސިފައެކެވެ. މީގެ އިތުރުން، ކުޅުންތެރިންގެ ހުނަރު ކުރިއެރުވުމަށް މަގުފަހިވާ ގޮތަށް، ހަށިގަނޑަށް ފަސޭހަ މެޓީރިއަލް ބޭނުންކޮށްގެން ޖާޒީ އުފެއްދުމަކީވެސް މި ބްރޭންޑަށް އިތުބާރު ލިބޭ ސަބަބެކެވެ.

ޒުވާން ކުޅުންތެރިން އުފައްދައި ދުޅަހޮޔޮ ހަށިހެޔޮ ޒުވާން ޖީލެއް އުފެއްދުމަށް ޖޮޒީގެ ސީއެސްއާރުގެ ދަށުން ލ އަތޮޅުގައި "ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް" ގެ ނަމުގައި 2023 ވަނަ އަހަރުން ފެށިގެން އަންނަނީ ފުޓްސަލް މުބާރާތް ބާއްވަމުންނެވެ. އެގޮތުން ދެން މުބާރާތް އޮންނާނީ 2027 ވަނަ އަހަރު ލ. މާވަށުގައި ކަމަށް ޖޮޒީ އިން މައުލޫމާތު ދެއެވެ.

ކުޑަ ރަށަކުން ފެށި މި ވިޔަފާރި މިއަދު ވަނީ މީސްމީޑިއާ މެދުވެރިކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މުބާރާތްތަކުގައި ޖޮޒީގެ ޖާޒީތައް ފެނިގެންދިއުމަކީ ދިވެހި އުފެއްދުންތަކަށް އޮތް ތަރުހީބު ހާމަކޮށްދޭ ކަމެކެވެ. ކުރިމަގުގައިވެސް މި ބްރޭންޑުން ކުޅިވަރުގެ ދާއިރާއަށް އާ އުފެއްދުންތައް ތައާރަފުކޮށް، ދިވެހި ކުޅުންތެރިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދުމަކީ ޖޮޒީގެ އުންމީދެވެ.