މޯބައިލް ފޯން އެކްސެސަރީޒް އަދި އިލެކްޓްރޯނިކް ސާމާނު ވިއްކާ އެމްވީ މޯބައިލުން ވިއްކާ އެންމެ ހާއްސަ އެކައްޗަކީ، ސައުންޑްކޯ އާރު50އައި އަދި އާރު50އައި އެންސީ އިއާބަޑްސް އެވެ. އެންކާގެ އޯޑިއޯ ބްރޭންޑު ކަމަށްވާ ސައުންޑްކޯގެ މި އިއާބަޑްސްތަކާއެކު، ބާރުގަދަ ބޭސް އަދި އެޕް މެދުވެރިކޮށް ބަދަލުތައް ގެނައުމާއި އެކްޓިވް ނޮއިސް ކެންސަލޭޝަން ފަދަ ފީޗާތައް ހޯދުމަށްޓަކައި މިހާރު އެތައް ހާސް ރުފިޔާ ހަރަދުކުރާކަށް ނުޖެހޭނެ އެވެ.

ސައުންޑްކޯ އާރު50އައި މޮޑެލަކީ ޗާޖިން ކޭހާއެކު ޖުމްލަ 30 ގަޑިއިރުގެ ބެޓެރީ ލައިފް ލިބޭ އިއާބަޑްސްއެކެވެ. މީގެ އިތުރުން، އަވަހަށް ޗާޖުކޮށްލެވޭ ފާސްޓް ޗާޖިން ފީޗާ ހިމެނޭއިރު، އެންމެ ދިހަ މިނެޓު ވާންދެން ޗާޖުކޮށްލުމުން ދެ ގަޑިއިރުގެ ޕްލޭބެކް ވަގުތު ލިބެއެވެ. މި މޮޑެލުގައި ބްލޫޓޫތު 5.3 ހިމެނެއެވެ.

އާރު50އައި ފަރުމާކޮށްފައިވަނީ ބާރުގަދަ އަޑާއި އެކްސްޓްރާ ބޭސް ލިބޭ ދިހަ މިލިމީޓަރުގެ ޑްރައިވާތަކާއެކުގައެވެ. ފަސޭހައިން އުފުލައި ގެންގުޅުމަށްޓަކައި އޭގެ ކޭހުގައި ލެންޔާޑް ލޫޕެއް ނުވަތަ ވާކޮޅެއް ހަރުކޮށްފައިވާއިރު، އޭގެ އެހީގައި ތަޅުދަނޑިފަތި ނުވަތަ ދަބަހުގައި ފަސޭހަކަމާއެކު އަޅުވައިލެވެއެވެ. އޭއައި ޓެކްނޮލޮޖީގެ އެހީގައި ފޯނުކޯލުތަކުގެ އަޑު ސާފުކޮށްދިނުމަށް ދެ މައިކްރޯފޯންވެސް މި މޮޑެލުގައި ހިމަނާފައިވެއެވެ.

އިތުރު ފީޗާތައް ހިމެނޭ ސައުންޑްކޯ އާރު50އައި އެންސީ މޮޑެލުން، ޗާޖިން ކޭހާއެކު ޖުމްލަ 45 ގަޑިއިރުގެ ބެޓެރީ ލައިފް ލިބެއެވެ. އެއީ ދެ ދުވަހާއި ތިން ގަޑިއިރެވެ. މި މޮޑެލުގައި ހިމެނޭ އެޑެޕްޓިވް އެކްޓިވް ނޮއިސް ކެންސަލޭޝަން (އޭއެންސީ) ފީޗާއިން ވަށައިގެންވާ މާހައުލުގެ އަޑުތައް ދެނެގަނެ، 42 ޑެސިބެލްއާ ހަމައަށް ބޭރުގެ އަޑުތައް ކަނޑުވާލައެވެ. އަދި އެންސީ ޖައްސައިގެން ބޭނުންކުރާނަމަ އެއްފަހަރު ޗާޖުކޮށްގެން ކޭހާއެކު 30 ގަޑިއިރު ބޭނުންކުރެވެއެވެ.

އާރު50އައި އެންސީގައި ފޯނު ކޯލުތަކުގެ އަޑު ސާފުކޮށްދިނުމަށް ހަތަރު ބީމްފޯމިން މައިކްރޯފޯނާއި އޭއައި އެލްގޮރިދަމެއް ބޭނުންކުރެއެވެ. މީގެ އިތުރުން، މި މޮޑެލުގެ ޗާޖިން ކޭސް ފަރުމާކޮށްފައިވަނީ ފޯނު ސްޓޭންޑެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ގޮތަށެވެ. ކޭހުގައި ހުންނަ ސްޓޭންޑް ހުޅުވާލުމަށްފަހު އޭގައި ފޯނު ބާއްވައިގެން، އަތުން ނުހިފަހައްޓައި ފަސޭހަކަމާއެކު ވީޑިއޯ ބަލައިލެވޭއިރު، މި މޮޑެލުގައި ބްލޫޓޫތު 5.4 އާއި ބޭސްއަޕް ޓެކްނޮލޮޖީ ހިމެނޭ 10 މިލިމީޓަރުގެ ޑްރައިވާތައްވެސް ހިމެނެއެވެ.

މި ދެ އިއާބަޑްސްވެސް ސައުންޑްކޯ އެޕާ ގުޅާލެވޭއިރު، އެ އެޕް މެދުވެރިކޮށް 22 އީކިއު ޕްރީސެޓްގެ ތެރެއިން ބޭނުންވާ އަޑުގެ ސެޓިންއެއް ހިޔާރުކޮށް، ޓަޗް ކޮންޓްރޯލްތައް ބަދަލުކޮށްލެވެއެވެ. އަދި އަޑު ލަސްވުން ކުޑަކޮށްދޭ ލޯ-ލޭޓެންސީ ގޭމިން މޯޑް ޖެއްސުމާއި، އިއާބަޑެއް ގެއްލިއްޖެނަމަ ފައިންޑް މައި އިއާބަޑްސް ފީޗާ ބޭނުންކޮށްގެން އެ ހޯދުމުގެ އިތުރުން 39 ބާވަތުގެ ވައިޓް ނޮއިސްވެސް އެޕުން ބޭނުންކުރެވެއެވެ.

އެމްވީ މޯބައިލުން ބުނި ގޮތުގައި، މި އިއާބަޑްސްތައް ގަތުމަށާއި އިތުރު މައުލޫމާތު ހޯދުމަށް އެ ފިހާރައިގެ ނަންބަރު 7774634 އަށް ގުޅައިގެން ނުވަތަ ވައިބާއާއި ވަޓްސްއެޕް މެދުވެރިކޮށްވެސް މުއާމަލާތްކުރެވޭނެ އެވެ. އެމްވީ މޯބައިލުން މާލެ ސަރަހައްދާއި ބޯޓުތަކާއި ފެރީތަކަށްވެސް ޑެލިވަރީވެސް ކޮށްދޭނެއެވެ.