ބީޓީއެސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ކޮރެއާގެ ވެރިރަށް ދަނބު ކުލައިން ދިއްލާލައިފިއެވެ.
ދެކުނު ކޮރެއާގެ މަޝްހޫރު ސުޕާސްޓާރުން ހިމެނޭ ބީޓީއެސްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް އެގައުމުން ވަނީ ދެ ހަފުތާއަށް ދެމިގެންދާނެ ބޮޑު ފެސްޓިވަލެއް ފަށައިފައެވެ.
ބީޓީއެސް އެނިވާސަރީ ފިއެސްޓާ މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އޮފިޝަލުން ބުނެއެވެ. މި ހަރަކާތް ރާވަނީ ވެރިރަށް ސޯލްގެ މެޓްރޯޕޮލިޓަން ސަރުކާރުގެ އިތުރުން ބީޓީއެސް މެމްބަރުން ގުޅިގެންނެވެ.
ވެރިރަށް ސޯލްގެ މައި ސަރަހައްދުތައް ދަނބު ކުލައިން ދިއްލާލުމަށް ހަމަޖެހިފައިވާ އިރު، އެ ސިޓީގެ ސިޓީ ހޯލާއި ނަމްސަން ސޯލް ޓަވަރުގެ އިތުރުން ޑޮންގްޑައޭމުން ޑިޒައިން ޕްލާޒާ އަދި ދުނިޔޭގެ ފަސްވަނައަށް އެންމެ އުސް ލޮއްޓޭ ވޯލްޑް ޓަވަރު ދަނބު ކުލައިން ދިއްލާލުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ދަނބު ކުލައަކީ ބީޓީއެސްގެ މައި ކުލައެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އެ ސަރަހައްދުތައް ކަނޑައަޅާފައިވަނީ އެއީ ބީޓީއެސްގެ ގިނަ ޝޫޓިންތަކެއް ކުރިއަށް ގެންގޮސްފައިވާ ސަރަހައްދުތައް ކަމަށްވުމުންނެވެ.
ބީޓީއެސް ވަނީ 2017 ވަނަ އަހަރު ބިލްބޯޑް މިއުޒިކް އެވޯޑްސް ކާމިޔާބު ކުރި ކޮރެއާގެ ފުރަތަމަ އާޓިސްޓުންގެ ޝަރަފު ހޯދައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ