ދެކުނު ކޮރެއާގެ އިމާރާތަކަށް ބޭރުން އަރަނިކޮށް ހުއްޓުވައިފިއެވެ.
ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ހުންނަ ދުނިޔޭގެ ފަސްވަނައަށް އެންމެ އުސް އިމާރާތް "ލޮޓޭ ވޯލްޑް ޓަވަރ" އަށް އަރާފައިވަނީ އިނގިރޭސި ރައްޔިތެކެވެ.
އެމީހާ އިމާރާތަށް އަރާފައިވަނީ އިމާރާތުގެ ބޭރުން ކުޑަދޮރުތަކުންނެވެ.
އޮފިޝަލުން ވަނީ އޭނާ އުސް އިމާރާތަށް އެރީ އެއްވެސް ސަލާމަތީ އާލާތްތަކެއް ބޭނުން ނުކޮށް ކަމަށް ބުނެފައެވެ.
ސޯލްގެ ސޮންގްޕާ ފަޔާ ސްޓޭޝަނަށް ރިޕޯޓު ލިބުމާއެކު އެ އިމާރާތް ހިމެނޭ ސަރަހައްދަށް ދިޔައިރު އެ މީހާ ވަނީ އިމާރާތުގެ 72 ވަނަ ފަންގިފިލާއަށް އަރާފައެވެ. އެއީ 123 ފަންގިފިލާގެ އުސް އިމާރާތެކެވެ.
72 ވަނަ ފަންގިފިލާއިން އޭނާ ހައްޔަރުކޮށް ފުލުހުންނާއި ހަވާލުކޮށްފައިވާއިރު ފުލުހުން ވަނީ އިމާރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބަލާފައި އޭނާއާމެދު އަޅާނެ ފިޔަވަޅެއް ނިންމާނެ ކަމަށް ބުނެފައެވެ.
އެމީހާ ވަނީ މީގެ ކުރިން އެހެން ގައުމުތަކުގެ އުސް އިމާރާތްތަކަށް އެރުމަށް ވެސް މަސައްކަތް ކޮށްފައިވަކަމަށް ކޮރެއާގެ ނޫސްތަކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ