ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވަން އުޅުއްވާ ދަ ޑިމޮކްރެޓްސްގެ ހަރުގެއަށް ބަޔަކު ކަޅުތެޔޮ ޖަހައިފިއެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މައި ހަރުގެ ކުރިން ހިންގަމުންދިޔަ އެ ތަން ޑިމޮކްރެޓްސްގެ ތަނަކަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ ސަރަހައްދުގައި ހުރި "ވަން"ގެ ނޫސްވެރިޔާ ބުނި ގޮތުގައި، ކަޅުތެޔޮ ޖެހީ ސައިކަލުތަކެއްގައި ދިޔަ ބައެއް ކަމަށާއި އޭރު ޖަގަހަ ތެރޭގައި ބައެއް ސަޕޯޓަރުންވެސް ތިބި ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ގަޔަށްވެސް ކަޅުތެޔޮ ބުރި އިރު، ޖަގަހަ ކުރިމަތީގައި އޮތް ކާރަކަށްވެސް ކަޅުތެޔޮ ގޮސްފައި ހުރި ކަމަށް ނޫސްވެރިޔާ ބުންޏެވެ.
ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބަހެއް އަދި ހާމަކޮށްފައި ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު