ފިހާރަތަކުން ގަންނަ މުދާ ލާފައި ދޭ ސިންގަލް ޔޫސް ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށި ފުރަތަމަ މަހު ޕްލާސްތިކް ކޮތަޅު ފީގެ ގޮތުގައި ދައުލަތަށް 1.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނެސް ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން ދެ ރުފިޔާގެ ފީ އެއް ނަގަން ފެށީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އެވެ. ވިޔަފާރިތަކުން މި ފައިސާ ދައްކަން ޖެހެނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށެވެ.
ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ "މަންތުލީ ރެވެނިއު ކަލެކްޝަން" ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ޕްލާސްޓިކް ކޮތަޅު ފީގެ ގޮތުގައި 1.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މެއި މަހުގެ ޖުމުލަ އާމްދަނީއަށް 1.71 ބިލިއަން ރުފިޔާ ލިބުނުއިރު ޑޮލަރުން ލިބުނު އާމްދަނީ 72.78 މިލިއަން ޑޮލަރަށް އަރައެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހާ އަޅައިބަލާއިރު 30 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 1.8 ޕަސެންޓް އިތުރު އަދަދެކެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ މި އަހަރު ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ރޭޓް ބޮޑުކުމުރުމުގެ ސަބަބުން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް އާއި ފީތަކުން ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް އިތުރުވެ ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޮޕްމެންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވެފައިވާ ކަމަށް މީރާ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު