އިންޑިއާގައި ހަކުރުބަލީގެ މީހުންގެ އަދަދު 100 މިލިއަނުން މައްޗަށް އަރައިފިއެވެ.
ހަކުރު ބަލީގެ ހާލަތު ބެލުމަށް އިންޑިއާގައި ހެދި ދިރާސާއަކުން ދައްކާ ގޮތުން އިންޑިއާގެ އާބާދީ ގެ 15.3 ޕަސެންޓް މީހުންނަށް ހަކުރު ބަލި ޖެހިފައިވާކަމަށް ވަނީ ހޯދިފައެވެ.
ދިރާސާއިން ދައްކާ ގޮތުން އިންޑިއާގައި އެންމެ ގިނައީ ޓައިޕް-2 ގެ ހަކުރުބަލީގެ މީހުންނެވެ.
އިންޑިއާގެ ދަ ލެންސެޓް ޑައިބެޓްސް އެންޑް އެންޑޯކްރިނޮލޮޖީ އިން ހެދި މި ދިރާސާއަކީ އެގައުމުގައި މިހާތަނަށް ހަކުރުބަލީގެ ހާލަތު ދެނެގަތުމަށް ހަދާފައިވާ އެންމެ ބޮޑު ދިރާސާ އެވެ.
މިދިރާސާ އަށް އިންޑިއާގެ ކޮންމެ ސްޓޭޓަކުން 20 އަހަރުން މަތީގެ 113،000 މީހުން ބޭނުން ކޮށްފައިވެއެވެ.
އިންޑިއާގެ ސްޓޭޓްތަކަށް ބަލާއިރު ގޯއާގެ 26.4 ޕަސެންޓް، ޕުޑުއްޗަރީގެ 26.3 ޕަސެންޓް، އަދި ކެރެލާއިން 25.5 ޕަސެންޓް މީހުން ހަކުރުބަލި ހުރިކަމަށް ވަނީ ހާމަވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ