ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ރޭ ކުރި ޓުވީޓެއްގައި ބުނީ، ރޭ 12:00 އިން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ޕެޓްރޯލް ލީޓަރެއްގެ އަގަކީ 14.73 ރުފިޔާއެވެ. ޑީސަލް ލީޓަރެއްގެ އަގަކީ 15.07 ރުފިޔާއެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުހެޔޮ ކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

މިދިޔަ މަހުގައި އެސްޓީއޯއިން ޕެޓްރޯލް ލީޓަރަކުން ވަނީ 83 ލާރި އަގުހެޔޮކޮށް، ލީޓަރެއް 15.14 ރުފިޔާއަށް ވިއްކައިފައެވެ. އަދި ޑީސަލް ލީޓަރަކުން 62 ލާރި އަގުހެޔޮކޮށް ޑީސަލް ލީޓަރެއް ވިއްކީ 15.70 ރުފިޔާއަށެވެ.