ޗައިނާއިން ފިލައިގެން ލަންކާއަށް އެތެރެވާން އުޅުނުމީހަކު ޑީޕޯޓުކޮށްފިއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ލަންކާއަށް އެތެރެވާން އުޅުނު ޗައިނާ މީހާގެ އަތުން ފޭކު ދެ ޕާސްޕޯޓު ފެނުމާއެކު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން ވަނީ އެމީހާ ހިފަހައްޓައި ސުވާލުކޮށްފައެވެ.
ލީ ޕެން ނަމަކަށް ކިޔާ އެމީހާގެ މައުލޫމާތު ހޯދުމުން އެއީ ޗައިނާއިން ފިލައިގެން ލަންކާއަށް އެތެރެވާން އުޅުނު މީހެއް ކަން އިމިގްރޭޝަން އޮފިޝަލުންނަށް ޔަގީން ވިއެވެ.
ލީ ޕެން އަކީ ޗައިނާގައި ޑްރަގުގެ މައްސަލައެއްގައި ހޯދަމުން އަންނަ ކުށްވެރިންގެ ތެރެއިން އެކަކެވެ. އޭނާވަނީ ހައްޔަރުކުރުމުގެ އަމުރު ނެރުމާއެކު ގައުމުން ފިލައިގެން ލަންކާއަށް އެތެރެވުމަށް މަސައްކަތް ކޮށްފައެވެ.
އޭނާ ވަނީ ލަންކާގެ އިމިގްރޭޝަން އޮފިޝަލުން އޭނާ ހައްޔަރު ކުރުމުގައި ބާރުގެ ބޭނުންކޮށް އޭނާއަށް އަނިޔާ ކޮށްފައިވާކަމަށް ބުނެ މައްސަލަ ޖައްސާފައެވެ. ނަމަވެސް ކޯޓުން ވަނީ އޭނާގެ ތުހުމަތުތައް ބަލައިނުގަނެފައެވެ. އޮފިޝަލުން ވަނީ އޭނާއަށް އަނިޔާވެފައިވަނީ ހައްޔަރުކުރުމުގައި ގަދަހެދުމުން ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ